ރީތިވުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް ލައްވާފައިވާ ސިފައެކެވެ.އެކި މީހުން ރީތިވުމުގައި ތަފާތު ގޮތްތައް ބޭނުންކުރާއިރު ބައެއް މީހުން މިކަމަކީ އެހާ އިސްކަމެެއްދޭ ކަމަކަށް ނަހަދައެވެ. އިންސާނާގެ ބޭރުފުށުން އެންމެ އަޅައިގަންނެ އެކައްޗަކީ އޭނާގެ ހަންގަނޑެވެ. ހަންގަނޑަކީ ހަށިގަނޑުގެ އެންމެ ބޮޑު ބައޭ ވެސް ބުނެވިދާނެއެވެ. ހަށިގަނޑުގެ ރީތިކަން އެންމެ ފުރަތަމަވެސް ދެނެގަނެވޭނީ ހަންގަނޑުންނެވެ. އެހެންވުމުން އިންސާނާގެ ހަންގަނޑު ކޮންމެހެންވެސް ރީތިކޮށް ބަހައްޓަން ޖެހެއެވެ.
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސާފު ތާހިރުކޮށް ހަންގަނޑު ބެހެއްޓުމެވެ. މިގޮތުން ދުވާލަކު މަދުވެގެން އެއް ފަހަރު ފެންވަރަންޖެހޭނެއެވެ. ތަރުކާރީއާއި މޭވާއިންވެސް މިކަން ކުރެވިދާނެވެ. ކިއުއަންބާ، އަލުވި، ޓޮމާޓޯ އަދި ލުނބޯއަކީ ހަންގަނޑު ސާފު ކޮށް ބެހެޓުމައް ބޭނުން ކުރެވިދާނެ ތަކެއްޗެވެ. މިތަކެތި ގައިގައި ހޭކުމުން ހަންގަނޑު ތާޒާވެ، ހަންގަނޑުގެ ތެޔޮ ފަށަލަ ހަމަޔަކަށް އެޅި، ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުވެ، ހަންގަނޑަށް ބޭނުން ވާވަރަށް އޮކްސިޖަން ލިބިދީ ހަންގަނޑު ދުޅަހެޔޮކޮށް ބަހައްޓާދެއެވެ.
ނިދުމުގެ ކުރިން ހަށިގަނޑުގައި ހުންނަ ހަޑިތައް ރަނގަޅަށް ފިލުވައި މަރުވެފައި ހުންނަ ހަންތައް ހަންގަޑުން ފިލުވުން މުހިއްމެވެ. ގައިގައި އެކި ޒާތްޒާތުގެ ލޯޝަންތަކާއި، ކްރީމްތައް ހޭކުމަކީ ހަންގަނޑައް ބޮޑެތި ނުރައްކާ ތަކެއް ކުރިމަތި ކުރުވާ ކަންކަމެވެ. ސަބަބަކީ މިތަކެތީގައި ގިނަ އަދަދަކައް ކެމިކަލް އެކުލެވިގެން ވާތީއެވެ. އަދި ގިނަގިނައިން ފެން ބުއިމަކީ ހަންގަނޑު ދިގުމުއްދަތަކައް ދުޅަހެޔޮކޮއްދީ މީހާ ޒުވާން ކަމަށް ދައްކާކަމެކެވެ. މިހެންކަމުން، ހަންގަނޑު އުޖާލާކޮއް ބެހެއްޓުމަށް ވީހާވެސްގިނަ ގުދުރަތީ އެއްޗިހި ބޭނުން ކުރުން މުހިއްމެވެ.