English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަލީގުގައި ޖެހިޖެހިގެން ދެމެޗުން ބަލިވެފައިވާ އިނގިރޭސި ގަދަ ބާރު މެންޗެސްޓަރ ޔުނައިޓެޑް ލީގުގައި ބާންލީ އާއި ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފިއެވެ.

އެއް ކުޅުން ތެރިޔަކު މަދުކޮށް ކުޅުނު ޔުނައިޓެޑް ބާންލީ އަތުން މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާ އަކުންނެވެ. އެއް ކުޅުން ތެރިޔަކު މަދުކޮށް ޔުނައިޓެޑް ކުޅެން ޖެހިފައިވަނީ ބާންލީގެ ފިލް ބާޑްސްލީއާ އާއި ޔުނައިޓެޑްގެ ރަޝްފޯޑް އާއި ދެމެދު ހިނގި ޒުވާބެއްގައި ރަޝްޕީޑް އޭނާގެ މޫނުމަތީގައި އަތް ޖައްސާ ކޮއްޕާލުމުން ރެފްރީ ރަޝްޕޯޑްއަށް ރަތް ކާޑު ދެއްކުމުންނެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ސަންޗޭޒް ދިން ބޯޅައަކުން ކާމިޔާބުކޮށްދީފައިވަނީ ރޮމެލޫ ލުކާކޫއެވެ.

ޔުނައިޓެޑްގެ ގޯލަށް ފަހު އެޓީމުން ބާންލީގެ ގޯލާއި އަމާޒު ކޮށް ކާރި ކާރީ ހަމަލާތަށް އުފައްދަންފަށާފައިވާއިރު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖަހައި ލުކާކޫ ވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ.

މިނަތީޖާ އާއިއެކު ފުރަތަމަ ހާފް ނިމިފައިވާއިރު ދެވަނަ ހާފްފަށައިގެން ޔުނައިޓެޑްގެ ލީޑު ފުޅާ ކުރަން ޕޮގްބާއަށް ލިބުނު ޕެނަލްޓީ އޭނާއަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.މި ޕެނަލްޓީއަކީ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ބާންލީގެ އާރޮން ލެނޮން ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިނަތީޖާ އާއި އެކު ޔުނައިޓެޑް 6 ޕޮއިންޓާއި އެކު 10 ވަނައިގައި އޮތް އިރު ލީގުގެ އެއްވަނާގައި އޮތީ ޔުނައިޓޭޑްއަށް ވުރެ 6 ޕޮއިންޓް އިތުރަށް ހޯދައިގެން ވާދަވެރި ލިވަޕޫލުންއެވެ.އަދި ހަމަ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ޗެލްސީ އޮތީ ދެ ވަނައިގަ އެވެ.