އިނގިރޭސި ޕްރިމިއަ ލީގުގެ މިސީޒަންގެ އެންމެ މޮޅު ކޯޗަކަށް މެންޗެސްޓަ ސިޓީގެ ޕެޕް ގާޑިއޯލާ ހޮވިއްޖެއެވެ.
މިދިޔަ ދެ ސީޒަންގައި ވެސް ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި ގާޑިއޯލާ މިސީޒަންގެ ލީގު ތަށި ދިފާއު ކޮށްފައިވަނީ 98 ޕޮއިންޓްއާއި އެކުގައެވެ.
ސްޕެއިންގެ ބާސެލޯނާ އަދި ޖަރުމަންގެ ބަޔާން މިއުނިކްގެ ކޯޗުކަން ކޮށްދީފައިވާ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިސީޒަންގެ ހުރިހާ ތައްޓެއް ހޯދަން އެކުލަބްއިން އަމާޒު ހިފި ނަމަވެސް މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ ކުއާޓާފައިނަލްގައި ވާދަވެރި ޓޮޓެންހަމްއަތުން ބަލިވެގެންނެވެ.
ލީގު މެނެޖާރަސް އެސޯސިއޭޝަންއިން އުމުރުން 48 އަހަރުގެ ގާޑިއޯލާއަށް މިޝަރަފު އަރުވާފައިވާއިރު މިދޔަ ސީޒަނުގެވެސް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ގާޑިއޯލާއެވެ.
ޕްރިމިއާ ލީގުގެ މިސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމު ގާޑިއޯލާ ހޯދާފައިވާއިރު ޕްރިމިއަ ލީގުގެ މިސީޒަންގެ ރަން އަންގި ހޯދާފައިވަނީ ބްރެޒިލްގެ ލިވަޕޫލް ކީޕަރު އެލިސަންއެވެ އަދި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިންނަށް ދޭ އެވޯޑް ރޭ ޗެލްސީގެ ހަޒާޑް ހޯދާފައިވާއިރު އެންމެ ގިނަ ލަނޑު ޖަހައިގެންދޭ ރަން ބޫޓް ތިން ކުޅުންތެރިޔަކު ވަނީ ހޯދާފައެވެ.
އެންމެ ގިނަ ލަނޑު ޖަހައިގެންދޭ ރަންބޫޓް ހާސިލުކޮށްފައިވަނީ މިސީޒަންގައި ލީގުގެ ދެވަނަ މަގާމު ހޯދި ލިވަޕޫލްގެ މުހައްމަދު ސަލާޙް،މާނޭ އަދި އާސެނަލްގެ އޯބަމަޔަންއެވެ.
މިސީޒަންގައި އަދި އެއްތަށި ކާމިޔާބުކުރުމުގެ ފުރުޞަތު ގާޑިއޯލާއޮތްއިރު އެފްއޭ ކަޕް ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ސިޓީ ބައްދަލުކުރާނީ ވެޓްފޯޑާއިއެވެ.