English Edition
Dhivehi Edition

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ އަނިޔާގެ ވާހަކަ ދައްކާއިރު ރާއްޖޭގައި އަނިޔާވެރިކަން އާއްމުވެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

އދ. މަހިބަދޫގައި ރައްޔަތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ އަނިޔާގެ ވާހަކަ ދައްކާއިރު ރަށްރަށުން، އެމަނިކުފާނަށް މަރުހަބާ ކިޔަނީ، އަނިޔާވެރިކަން ތަހައްމަލްކުރާ ބައެއް ނޫންކަމަށެވެ. އަދި އަނިޔާވެރިކަން އާއްމުވެފައި އޮތް ނަމަ، ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން “ހާދަ އަނިޔާއެއް ތިމަންނަމެން ތަހައްމަލްކުރަމޭ” ރައްޔިތުން އެމަނިކުފާނަށް ދަންނަވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން ޔާމީން ވިދާޅުވީ ގައުމެއްގަ ނުވަތަ ރަށެށްގަ އަނިޔާވެރިކަން އާންމުވެފައިވާނަމަ މޫނުމަތިން ހިނިތުންވުމެއް ނުފެންނާނެކަމަށާއި ބައްދަލުކުރަން ސަލާންކުރަން ބަޔަކު ނާންނާނެކަމަށެވެ