އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކާއި ފިކުރު ގެންގުޅޭ ފަރާތްތަކަށް ދިވެހިންގެ ކަންކަމުގައި ގޮތް ނިންމުމުގެ އެއްވެސް ހައްޤެއް ނެތްކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ
ރޭ ރުމާލު2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސަ ވިދާޅުވީ ދީން ގަބޫލު ނުކުރާ މީހުންނަށް ދައުލަތުގެ ތަރިކަ އިން އެއްޗެއް ދޭން ނުޖެހޭނެކަމަށެވެ. އަދި ރައްޖޭގެ ގާނޫނުއަސާސީގައި އިސްލާމް ދީނުގެ ވާހަކަ ލިޔެފައި އޮތުމުން އުނދަގޫވާ ބަޔަކު އުޅެދާނެ ކަމަށާއި ކޮންމެ ގައުމަކުން ވެސް އިހްތިޔާރު ކުރާނީ އެ ގައުމަކަށް ފެތޭ ޑިމޮކްރަސީއެއް ކަމަށެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ ދިވެހިންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނަށް ރާއްޖޭގެ ކަންކަން ނިންމުމުގައި ބަސް ބުނުމުގެ ފުރުސަތު އޮންނާނެއޭ ބުނުމުން ރައްޔިތުން ކަންބޮޑުވާނެ ކަމަށެވެ
އީޔޫ އިން ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ނެރުނު ބަޔާނަށް ނިސްބަތްވާ ގޮތަށް ރައީސް ޔާމީން ވިދާޅުވީ “އިސްލާމް ބައްޕައެއްގެ ދަރިއަކު ވެސް” ދީން ގަބޫލު ނުކުރާ ކަމަށްވާނަމަ، ތަރިކަ އިން އޭނާ އަކަށް މުދަލެއް ނުލިބެނެކަމަށެވެ
ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްވަމުން ޔާމީން ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު އަސާސްތަކަކީ ހުރިހާ ބާރުތަކެއް ވަކިވެފައި އޮތުން ކަމަށެވެ. އަދި ކަންކަން ނިންމުގައި ވިހާވެސް ގިނަ ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ އިތުރުން، ހުރިހާ އެންމެންގެ މައްޗަށްވެސް ހަމަހަމަކަމާއެކު ޤާނޫނު ހިންގުންކަމަށް ރައީސް ވިދާޅުވިއެވެ