English Edition
Dhivehi Edition
ރައީސް ޔާމީން އދ. ދަނގެތީގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގެ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މުއައްސަސާތައް މިނިވަންކުރުމުގެ ވާހަކަ އިދިކޮޅު ޕާޓީތަކަށް ދެއްކެން ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ

މިއަދު އދ. މަހިބަދޫގައި މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ރައްޔިތުންނަށް ތަސައްވުރުކޮށްދެމުން އަންނަ ގޮތަށް، ރާއްޖޭގައި އަނިޔާވެރިކަން އާއްމުވެފައި ނުވާ ކަމަށެވެ

އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ސިޔާސީ ނުފޫޒަށް ލެނބޭ މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ މި އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ބޭފުޅުން ކުރައްވަން އުޅުއްވީ ކޮން ކަމެއްތޯ ވެސް ސާފުކޮށްދެއްވަން ޖެހޭކަމަށެވެ. މީގެ އިތުރުން ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ނެރުއްވި އަމުރަކީ އެމަނިކުފާނަށް ފައިދާ ލިބެން އޮތް އަމުރެއް ނޫން ކަމަށާއި ހުރިހާ ސިޔާސީ ލީޑަރުން އެއްގަލަކަށް އަރުއްވައިގެން ނެރުއްވި ހުކުމުން ފައިދާ ހޯއްދަވަން އުޅުއްވީ ކޮން ބޭފުޅުންނަކަށްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނުވެއްޓުނު ނަމަ ވިސްނަވާފައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލު ކުރައްވައި ހަމައެކަނި ނަޝީދު ބޭނުންފުޅުވާ ފަނޑިޔާރުން ނަންގަވަން ނިންމާފައި ކަމަށެވެ

“ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއަށް) މެމްބަރުން އައްޔަންކުރަން އޮތް ޖަލްސާ އަށް ހުރަސްއެޅުއްވީ ކޮން ބޭފުޅެއްތޯ؟ކޮން ފަނޑިޔާރަކަށްތޯ މިނިވަންކަމާ އެކު ހުކުމް ކުރުމުގެ ހައްގު ލިބުނީ؟ އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖެހުނީ ކީއްވެތޯ؟ މިނިވަންކަން ލިބުނުތޯ ސިޔާސީ މީހުންނަށް؟ އިލްކެޝަންސް ކޮމިޝަންގެ ތެރޭގައި މިނިވަން ކަން އޮތްތޯ؟ އެެހެންވީމަ ކޮން މިނިވަންކަމެއްގެ ވާހަކައެއްތޯ މި ދައްކަނީ؟”ރައީސް ޔާމީންވަނީ އިދިކޮޅު ފަރާތްތަކާ ސުވާލުކުރައްވާފައެވެ

.