English Edition
Dhivehi Edition

ދެ ދުވަހެއްގެ ތެރޭގައި ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީތައް އިއުލާން ކުރެވޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ (ޓީއޭ) އިން މިއަދު ބުނެފި އެވެ

އެ އެތޮރިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އާއްމުކޮށް ދަތުރުކުރަން ބްރިޖް ހުޅުވާލުމުގެ ކުރިން އެސްޓިމޭޓެޑް އަގުތައް އިއުލާން ކުރަން ނިންމާފައިވީ ނަމަވެސް އެކަމާ މެދު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ

ޓީއޭގެ އޮފިޝަލް ވިދާޅުވީ ބްރިޖްގެ ފީތައް އިއުލާން ކުރާ އިރު، ސައިކަލާއި ޓެކްސީ އަދި އެހެނިހެން އުޅަނދުތަކުން ނަގާނެ ފީތައް ވެސް ހިމެނޭނެ ކަމަށާއި އޭގެ އިތުރުން ހިލޭ ދަތުރު ކުރެވޭނެ މުއްދަތު ވެސް އިއުލާންކުރެވޭނެ ކަމަށެވެ

ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފުރަތަމަ ސްޓިކާއެއް ވިއްކައިގެން ފީ ނަގަން ހަމަޖައްސާފައިވީ ނަމަވެސް އިލެކްޓްރޯނިކް ކޮށް ފައިސާ ދެއްކޭ ގޮތަށް، ފަހުން ކޮންމެ އުޅަނދެއްގައި އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ