English Edition
Dhivehi Edition

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އެމީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވާއިރު ހޯދަމުންދަނީ ސ. ހިތަދޫ، ސޯސަންގެ، އަޙްމަދު ޝަރީފް (47އ) އާއި ރ. އިނގުރައިދޫ، ލައިޓްސިގްނަލް، އަޙްމަދު ޞާމިދު (37އ) އާއި ސ. ހިތަދޫ، ސައުތުކުރޯސް، މޫސާ މުންތަސިމް (28އ) އަދި ސ. ހިތަދޫ، ހުރާ، ޢަބްދުﷲ އަނީލް (31އ) އެވެ. އަ

ޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަޙްމަދު ޞާމިދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ 12:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މޫސާ މުންތަސިމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަންބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢަބްދުﷲ އަނީލް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަންބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ މިހަތަރު މީހާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.