English Edition
Dhivehi Edition
ވަޅިން ހަމަލަދިނުމުގެ ސަބަބުން މަރުވި ޒުވާނާ: ފޮޓޯ ވީއެފްޕީ

އެމްއެމްއޭ ބިލްޑިން ހުންނަ ސަރަަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މިރޭ މަރާލައިފި އެވެ.

އެމް.އެމް.އޭ ސަރަހައްދުގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ޒަޚަމްކޮށްލުމާއި ގުޅިގެން މަރުވެފައިވަނީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް ކަމަށް މައުލޫމާތު ލިބެއެވެ.. ވަޅި ހަރާފައިވަނީ އޭނާގެ ކަރަށް ކަމަށް ވެއެވެ.

ވަޅިން ހަމަލާދީ ޒުވާނަކު މަރާލިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފަހަކަށް އައިސް ވަޅިން ހަމަލާދީ، މާރާމާރީ ހިންގުން މާލެ އާއި ހުޅުމާލޭގައި ވަނީ އާންމުވެފަ އެވެ. މިދިއަ ހަފްތާގައި ކޯރާޑިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި އިރު، އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.