English Edition
Dhivehi Edition

ސަތޭކަ އާއި 50 ޑޮލަރުގެ ވަރަށް ކޮލިޓީ ފޭކު ނޫޓުތަކެއް ދަައުރުވަމުން ދާތީ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބޭންކްތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފި އެވެ.

އެމްއެމްއޭ އިން މި މަހުގެ 29 ވަނަ ދުވަހު ބޭންކްތަކަށް ފޮނުވި ސިޓީ މިހާރު އާންމުވެފައިވާ އިރު އޭގައި ބުނެފައި ވަނީ ރާއްޖޭގައި ދައުރުވަމުންދަނީ ވަރަށް ރަނގަޅު ކޮލިޓީއެއްގެ 100 އަދި 50 ގެ ފޭކު ނޫޓުތަކެއް ކަމަށާއި އެކަން ބޭންކުގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ.

ދައުރުވާ ފޭކު ނޫޓުތައް ދެނެގަތުމަށް ކުރިޔަށް ވުރެ ބޮޑަށް ސަމާލުވެގެން ތިބުމަށާއި އެފަދަ ނޫޓުތައް އެމްއެމްއޭއަށް ފޮނުވަމުން ގެންދިޔުމަށް ވެސް ވަނީ އެފަރާތުން ވަނީ އެދިފަ އެވެ. ފޭކް ޑޮލަރުގެ މައްސަަލާގައި އެމްއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިއީ އާއްމުކޮށް ބޭންކުތަކަށް އަންގާ އެންގުމެއް ކަމަށެވެ.