English Edition
Dhivehi Edition

އުމުރުން އެންމެ 5 އަހަރުގައި48000 އިންސްޓަގްރާމް ފޮލޯވާސް ލިބުނު މިއާ އަފްލަލޯ އަކީ އިޒްރާއީލަށް އުފަން ކުއްޖެކެވެ.

ބްރިޓިޝް ވޯގް އަށް މޮޑެލް ކޮށްދީފައިވާ މިލާ މަޝްހޫރު ވެފައި ވަނީ އޭނާގެ ރީތި ބޮޑު އިސްތަށިގަނޑުގެ ސަބަބުންނެވެ. މިއާގެ ހެއަރ ސްޓައިލް ކޮށްދޭ މީހާ ބުނެފައިވަނީ ކުޑަކުޑަ މިއާ އާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަކަމަށެވެ. ” ދުވަހަކުވެސް ހެއަރ ސްޓައިލް ކުރަމުން ދާއިރު އެއްވެސް މައްސަލަ އެއް ނުޖައްސާނެ” ސަގީ ދަހާރީ ބުނެޏެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއާ އަށް ތައުރީފް ގެ ބަސް އޮހިގެންދާއިރު އަނެއްބަޔަކު އެކުއްޖާ އިސްތިހާރު ކުރުމުގައި މިއާގެ މަންމަ ކުށްވެރި ކުރެއެވެ.

މިއާގެ ބައެއް އިންސްޓަގްރާމް ފޮލޯވާސް އޭނައަށް ތައުރީފުގެ ބަސް އޮއްސާލާފައިވާއިރު އަނެއްބަޔަކު ބުނަނީ މިތުއްތު ކުއްޖާ ގެ މަންމަ އެކުއްޖާގެ ފުރާނަ އެ ވައްޓާލަނީ ބައެއްގެ އަތްމައްޗަށް ކަމަށެވެ. އެހެން ކަމުން މިއާގެ ފޭނަކު ފޮޓޯއަކަށް ކޮށްފައި ވާ ކޮމެންޓެއްގައި ބުނެފައިވަނީ “ކުޑަކުދިން ވަގަށްނަގާ، އަދި ކުދަކުދިންނާ އެޓްރެކްޓްވާ މީހުންގެ އަތްމައްޗަށް މިކުއްޖާ ދޫކޮށްލަނީތަ” އެވެ. މިއާގެ ބައެއް ފޮލޯވާސް ބުނާގޮތުގައި ލޯބިލޯބި މިކުއްޖާގެ ފޮޓޯ އިންޓަނެޓްގެ ޒަރިއްޔާއިން ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކޮށްފާނެ ކަމުގެ ބިރުވެސް އެބައޮތްކަމަށެވެ.

މިއާގެ ބައެއް އިންސްޓަގްރަމް ފޮލޯވާސް އޭނައަށް ތައުރީފް ކޮށްފައި ވާއިރުގައި ބައެއް މީހުން އޭނަގެ މަންމަ ކައިރިން އެދިފައި ވަނީ މިއާގެ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަނުކޮށް ދަރިފުޅު ހިމާޔަތް ކޮށްގެން ގެންގުޅުމަށެވެ.

ޓެގު