އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުން ފެށިގެން، އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން އިތުރު ޚިދުމަތްތަކެއް ދޭން ފެށުމަށް ތައްޔާރުވަމުން ދާ ކަމަށް އެ ކްލިނިކުން ބުނެފިއެވެ.
އައްޑޫސިޓިގެ ފޭދޫގައި ހިންގަމުން އަންނަ މި ކްލިނިކުން ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް ތައްޔާރުވުމަށާއި ތަނުގެ ޚިދުމަތް ފުޅާކުރުމަށް އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުލިނިކް ވަނީ ބަންދުކޮށްފައި ކަމަށް އެއިމްސް ގެ މެނޭޖްމަންޓުން މައުލޫމާތު ދެއްވައެވެ.
އެއިމްސް ގެ މެނޭޖަރ ޙަސަން ޝަހުނީމް ވިދާޅުވީ މި ދުވަސްކޮޅު ކްލިނިކް ބަންދު ކުރެވިފައި ވީ ނަމަވެސް ދެން އަލުން ހުޅުވޭނީ އާހިދުމަތް ތަކަކާއެކު ކަމަށެވެ. މިހާރު އަލަށް ފަށާހިދުމަތް ތަކުގެ ތެރެއިން ޑެންޓިސްޓްރީގެ ހިދުމަތް ލިބިގެން ދިޔުމުގެ އިތުރުން ރޭޑިއޮލޮޖީ ގެ ހިދުމަތް ވެސް ލިބިގެން ދާނެކަމަށް ހަސަން ވިދާޅުވިއެވެ.
“ކްލިނިކް ހުޅުވުމަށްފަހު މަދުދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ އާޙިދުމަތްތައް ބަލމީހުންނަށް ލިބިގެންދާނެ” ހަސަން ވިދާޅުވިއެވެ.
ރާއްޖެއިން ބޭސްފަރުވާއަށް ދާ ގިނަ ދިވެހިންގެ ޝަކުވާއަކީ އިންޑިއާއިން ލިބެން ހުންނަ ބޭސް ރާއްޖެއިން ނުލިބޭތީ ކަމަށްވާއިރު އެއިމްސް އިން ވަނީ މިކަމަށް ވެސް ޙައްލު ހޯދުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އެއިމްސް ހެލްތް ކެއާ އާއި އިންޑިޔާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލް ގުޅިގެން އެއިމްސް ޑައިގްނޯސްޓިކް ކެއާ ގައި ޓެލެހެލްތް ކެއަރ ޕްރޮގްރާމު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ޓެލެހެލްތް ކެއާރ ޕްރޮގްރާމުގެ ދަށުން އެޕޯލޯ ހޮސްޕިޓަލުގެ ޚާއްޞަ ސްޕެޝަލިސްޓުން ވިޒިޓީން ޑޮކްޓަރުންގެ ގޮތުގައި އެއިމްސް އަށް އައުމަށް ވެސް ވަނީ ހަމަޖެހިފައެވެ
ޓެލެމެޑިސިންގެ އިތުރުން އެޕޯލޯގެ ގިނަ ސްޕެޝަލިޓީ ޑޮކްޓްރުން ގެންނަގޮތަށް ހަމަޖެހިފައި މިހާރުވެސް ވާއިރު ޑެންޓިސްޓްރީ ގައިނޮކޮލޮޖީ ، ޕީޑިއާޓްރިކްޓްސް، ޑާމޮޓޮލޮޖީ، ލޭޒާޓްރީޓްމެންޓް، އީއެންޓީ އަދި ޖެނެރަލް މެޑިސިންގެ ހިދުމަތަކީ މިތަނުން ލިބިގެންދާނެ ހިދުމަތްތަކެކެވެ. އަދި އިންހައުސް ރޭޑިއޮލޮޖީ އާއި އެކު ވޯކްޕާމިޓް މެޑިކަލް ވެސް ފެށިގެންދާނެއެވެ.
ފޭދޫ އެއިމްސް ކްލިނިކަކީ ގިނަބައެއްގެ މެދުގައި މަގުބޫލް ކްލިނިކަކަށް ވެފައިވާއިރު އެތަނުގެ މެނޭޖްމަންޓުން ދަނީ ތަނުގެ ޚިދުމަތް އެންމެ ރަނގަޅު ގޮތުގައި އާންމުންނަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކްލިނިކްގައި މަސައްކަތް ކުރާ ސްޓާފުންނަށް ޚާއްސަ ކޮށްގެން “ސްޓާފް ވީކް” ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމު ތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މި ސްޓާފްވީކަކީ އެއިމްސް އިން މިހާރު ދެމުންގެންދާ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެރަނގަޅު ކުރުމަށް ދޭތެރެ އިންހިންގޭ ޓްރެއިނިގް ޕްރޮގްރާމެއްކަމަށް އެއިމްސް އިން މައުލޫމާތު ދެއެވެ.
ސްޓާފުންނަށް ބާއްވާ އިވެންޓްތަކުގެ ތެރެއިން ސްޓާފް ނައިޓެއްް ވެސް ބާއްވާފައިވާއިރު އެ ހަފްލާގައި ކުލިނިކްގެ ސްޓާފުން ނަށް ޓީމް ބިލްޑިންގެ ސެޝަންތައް ނަންގަވައި ދެއްވުމުގައި މޯލްޑިވްސް ޕޮލިސްސާވިސްގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަން ފާހަގަކުރައްވަވާ ކަމަށް މެނޭޖަރ ހަސަން ޝަހްނީމް ވިދާޅުވިއެވެ. .
.