ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ދާން އެއް ޓިކެޓް ދީގެން ފެރީއަށް އަރަން އުޅުނު ދެ މީހަކު ހުއްޓުވައިފިއެވެ.
ރޭ 9:30 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް ދާން އެއް ޓިކެޓް ދީގެން ފެރީއަށް އަރަން އުޅުނީ ދެ ފިރިހެނުންނެވެ.މިދެމީހުން ފެރީއަށް އަރަން އުޅުމުން ފެރީގައި ޓިކެޓް ހޯދަން ހުރި ބިދޭސީ މީހާ ވަނީ މިމީހުން ހުއްޓުވާފައެވެ. އަދި މީގެ ތެރެއިން އެކަކު ވަނީ ބިދޭސީ މީހާ ގައިގަ ޖަހާފައެވެ. އަދި އަރާނަމޭ ކިޔާފަ އަނެއްކާ ފެރީއަށް އަރަން އުޅުމުންވެސް ފެރީގަ ހުރި ބިދޭސީ މީހާ ވަނީ މިދެމީހުން ހުއްޓުވާފައެވެ.
ދެވަނަ ފަހަރަށް މިދެމީހުން ހުއްޓުވުމުން ފަހުން ގޮސް އިތުރު ޓިކެޓެއް ނެގީއެވެ.އަދި ފެރީއަށް އަރާ ފެރީގަ މަސައްކަތް ކުރާ ބިދޭސީ މީހާ އާއި ދިމާއަށް ހުތުރުބަހުން އެއްޗެހި ކިޔަން ފެށިކަމަށް ފެރީގައި ދަތުރުކުރި މީހަކު ވަނީ ބުނެފައެވެ
.ރާއްޖޭގައި އަދިވެސް ބިދޭސީންނާ ދޭތެރޭގައި ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށެވެ.