English Edition
Dhivehi Edition

ކްރިސްއަކީ އިސްކޮޅުން ދިގު ރީތި ފިރިހެނެކެވެ. ކުރިންް ސިފައިންގެ ވަޒީފާގައި އުޅުނު ކްރިސްއާއި ޖޯޑީ ދިމާވީ ފޭސް ބުުކުން 2011 ވަނަ އަހަރު ފަހުކޮޅުއެވެ. ދިމާވިތާ ދެ ތިންމަސްތެރޭގައި 2012 ވަނަ އަހަރުދެމީހުން ކައިވެނި ކުރިއެވެ.

ޖޯޑީ ގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިޔާއެކު މި ދެމަފިރީން އުޅެމުން އައީ ވަރަށް ލޯބިން އުފާވެރި ދިރި އުޅުމެއްގައެވެ. ޖޯޑި ބުނެފައިވަނީ ކްރިސް އަކީ ވަރަށް ޒިންމާދާރު ދޮންބައްފައެކެވެ. އެހެން ކަމުން އުފާވެރި ދުވަސްތަކެއް ދިރިއުޅުމުގައި ހޭދަކުރަމުން ދިޔައީ ހީވެސްނުކުރާފަދަ އަނިޔާވެރިޔަކަށް ކްރިސް ވެދާނެކަމުގެ ބިރެއްނެތިއެވެ.

ޖޯޑީ ބުނެފައިވާގޮތުގައި ކްރިސް އާއި ކައިވެނިކޮށް ދުވަސްތަކެއް ހޭދަވެގެން ގޮސްފައި ވަނިކޮށް ކުއްލިއަކަށް ކްރިސް އޭނަ ކޮންޓްރޯލް ކުރަން ފެށިކަމަށެވެ. އެހެން ކަމުން ޖޯޑީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޗެކްކުރުމާއި އީމެއިލްތައް ޗެކް ކުރުމުގެ އިތުރުން ބޭންކް އެކްއުންޓް ތައްވެސް ހިފަހައްޓަން ފެށިއެވެ. ” ކްރިސް އަހަރެން ގެ ކަންތައް ބަލަނީ އަހަރެއްނ ދެކެ ލޯބިވާތީ ކަމަށް ވިސްނިން، އަހަރެން އެކަމާ އަޅައެއްނުލަން” ޖޯޑީ މީޑިއާއަށް ކިޔައިދިނެވެ.

ޖޯޑީ ބުނެފައި ވާގޮތުގައި ކްރިސްގެ ހުއްދަ ނުހޯދާ އެއްވެސް މީހަކަށް ގުޅައިގެންވެސް ނުވެއެވެ. “2013ވަނަ އަހަރު ކްރިސްގެ އަނިޔާގެ ދަށު ޖޯޑީ ވިއެވެ.” އެއްދުވަހަކު ޒުވާބު ކޮށްގެންގޮސް އަހަރެންގެ ގެ މޫނަށް ކުޅުޖަހާ ފައިމައްޗަށް އަރާ ހެދިފަހުން، އޭގެ ދުވަސްކޮޅަކުން އަހަރެމެންގެ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުވި، ދެން އެއްރެޔަކު އަހަންނަށް ނިދިފައި އޮއްވާ ގޭގެ ބެލް ޖަހާ އަޑު އިވިގެން ގޮސް ދޮރުހުޅުވާލިން އެވަގުތަކީ ދަންވަރުގެ ވަގުތެއް ކްރިސް އައީ ރާބޮއެގެން، އަހަރެން އެހީން ކީއްވެގެންހޭ ރާބޮއެގެން ތިއައީ” ޖޯޑީކިެޔައިދިނެވެ

އެވަގުތަކީ އެންމެ ފުރަތަމަ ފިރިމީހާގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި ޖޯޑީ ވީ ދުވަހެވެ. ޖޯޑީ ބުނެފައި ވާގޮތުގައި އެރޭ އެ ސުވާލުކުރުމުން ކްރިސް އޭނަގެ ކަރުގައި ހިފާ ކޮއްޕާލު މާއިއެކު ޖޯޑީ ވެއްޓުނީ ސޯފާމައްޗަށް ކަމަށާއި އެވަގުތު ބެލީ ބަޑުގައި ވާ ދަރިފުޅު ސަލާމަތް ކުރެވޭތޯ ކަމަށް ޖޯޑީ ބުންޏެވެ. ނަމަވެސް އަނެއްކާ އައިސް ޖޯޑީގެ ބޮލުގައި އަދި ބުރަކަށީގައި ފިރިމީހާ ތަޅަންފެށިކަމަށް ޖޯޑީ ބުނެފައި ވެއެވެ.

އޭގެފަހުން ކޮންމެ ދުވަހަކު ހެން ކްރިސްގެ އަނިޔާގެ ދާށުގައި ވެފައިވާ ޖޯޑީ ބެލީ އޭނަ ރަނގަޅުވެ އެއްކޮށް އުޅޭވޭނެ ދުވަހަކަށެވެ. ނަމަވެސް ދެވަނަ ދަރިފުޅުވިހެއި ފަހުން އަނެއްކާވެސް ކްރިސްގެ ހައްދުފަހަނަޅާފައިވާ އަނިޔާތަކުގެ ދަށު ޖޯޑީވިއެވެ. އެދުވަހަކީ ޖޯޑީ ތިން ކުދިންގޮވައިގެން ޕާކަށްގޮސްފައި ލަހުން ގެއަށް އާދެވުނު ދުވަހެކެވެ. ކުދިންނަށް ކާންދީފައި ނިންދެވި އެވެ. ދެން ސިޓިންގް ރޫމާދިމާލަށް ހިނގައި ގަތުމުން ޖޯޑީ އަށް ކްރިސް ފެނުމުން ކޮޓަރިއަށް ވަދެ ދޮރުލެއްޕީ ބިރުން ހުރެއެވެ. ނަމަވެސް ކްރިސް އައިސް ދޮރު ހުޅުވާ ޖޯޑީގެ ކަރުގައި ހިފާ “އަހަރެންގެ މޫނުމައްޗަށް ދޮރުލެއްޕީ ކީއްވެ” ހޭ ބުނެ ހަޅޭއްލެވިއެވެ.

ޖޯޑީ ބުނެފައި ވާގޮތުގައި އެރެއަކީ ފިރި މީހާގެ އަތްދަށުން މަރުން ސަލާމަތް ވީރެއެކެވެ. ކުއްލިއަކަށް ކަރުގައި ހިފާ ވައްޓާލީ ބިންމައްޗަށެވެ. ދެން ފެށީ ޖޯޑިގެ ބޮލުގައި ތަޅަންކަމަށާއި މޫނުގައިވެސް އެތައްފަހަރަކު ތަޅަން ފެށުމުން “އަހަރެން ނުމަރާ” މިހެން ބުނެ ޖޯޑީ އާދޭސް ކުރިއެވެ. ނަމަވެސް ކްރިސް ދީނީ ބީރުކަންފަތެކެވެ. އެންމެފަހުން ޖޯޑީ އޭނަގެ އަތްދަށުން ދެމިގެން ދުއްވައިގަތީ ގެއިންނިކުމެ ސަލާމަތް ހޯދާށެވެ.

ޖޯޑީ ބުނެފައިވާގޮތުގައި އެރޭ ދުވެފައި ގޮސް އެހީއަށް އެދި ވަނީ ޖެހިގެން ހުރި ގެއަށެވެ. އެގެއަށް ވަދެ އެގޭމީހުންގެ އެހީގައި ފުލުހުންނަށް ގުޅާ ރިޕޯރޓް ކުރިއެވެ.

ޖޯޑީބުނެފައިވަނީ ލޯބިވާ ފިރިމީހާ އޭނަގައިގަ ތަޅާ އިނިޔާ ކުރީ ކިތައްފަހަރު ކަންބުނެދޭންވެސް ދައްޗެވެ. އަދި ދުވަހަކުވެސް އޭފަދަ ވޭނެއްގައި އުޅެފައި ނުވާނެކަމަށް ޖޯޑީ ބުނެއެވެ. ޖޯޑީ އަށް ލިބުނު އަނިޔާތަކުގެ ތެރޭގައި ލޮލަށް އަނިޔާވެ، އަނގަ މަތި ފަޅައިގެން ގޮސް ކޮލުކަށިގަނޑު ބިނދި އެތައްދުވަހަކު ކާއެއްޗެއް ނުކެވި އުޅެންޖެހުނެވެ. ހޮސްޕިޓަލްގައި ހޭދަކުރިދުވަސްތަކަށްފަހު ޖޯޑީ ބުނާގޮތުގައި އަދިވެސް އެބިރުވެރި ދުވަސްތައް މަތިން ހަނދާން ނުނެތެއެވެ.

މިމައްސަލައިގެ ތަހުގީގަށްފަހު ކްރިސްއަށް ވަނީ މިހުގެ ކުރީކޮޅު 11 މަހުގެ ޖަލުހުކުމެއް އިއްވާ ޖަލުގައި ބަންދު ކުރެފިފައެވެ