English Edition
Dhivehi Edition

ޞައްޙަ ނޫން ފޯމުތަކުގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމުގެ ކުރިން އެމައުލޫމާތު އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހުއަށް އެނގިވަޑައިގެންނެވި ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެއެވެ

ޝަރީފް މިހެން ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހު ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ބާތިލްކުރި ގިނަ ފޯމްތަކަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައްކަން މިހާރު އެނގިފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ

މި ކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ ކޮމިޝަނުން އެމައުލޫމާތު ހާމަކުރުމުގެ ކުރިން ކޮމިޝަންގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޞައްޙަ ނޫން ފޯމުތަކުގެ އަދަދު އެނގިފައި ނުވާނެކަމަށެވެ

މިހާތަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ޞައްޙަކަން ކަށަވަރު ނުވާ 5626 ފޯމް ހިމެނޭ އިރު އޭގެ ތެރޭގައި އެމްޑީޕީން ހުށަހެޅި 2076 ފޯމާއި، ޕީޕީއެމުން ހުށަހެޅި 1789 ފޯމް ހިމެނޭކަމަށެވެ .