އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޙާބުގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރި ނުވުމަށް ޔޫރަޕިއަން ޔޫނިޔަންއިން ނިންމައިފިއެވެ.
އީޔޫއިން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އިންތިޙާބު އޮބްޒާވްކުރުމުގައި އީޔޫއިން އަމަލީ ގޮތުން ބައިވެރިވާން ޝައުގުވެރިކަން ނެތް ކަމަށެވެ. އެހެން ނަމަވެސް އީޔޫއިން ވަނީ އިންތިޙާބު ކުރިއަށްގެންދަން ބޭނުންވާ ގޮތާއިމެދު އިލެކްޝަން ކޮމިޝަންއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުުރުން އދ އިންވެސް ވަނީ އިންތިޙާބު އޮބްޒާވް ނުކުރާނެކަމަށް ވިދާޅުވެފައެވެ. އދ އިން ވިދާޅުވީ، އިންތިޙާބު ވަކިން އޮބްޒާވް ކުރުމަކީ އާއްމުގޮތެއްގައި އެ ޖަމިއްޔާއިން ކުރާކަމެއް ނޫން ކަމަށެވެ. ރިޔާސީ އިންތިޙާބު އޮބްޒާވް ކުރަން ޝައުގެއް ނެތް ކަން އީޔޫއިން އަންގައިފައި ވާއިރު މީގެ ކުރިން އީޔޫ އިން ބުނެފައުވަނީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ގާތުން ބަލަމުން ގެންދާނޭ ކަމަށާއި އިންތިޚާބަށް އެކަށީގެންވާ މާހައުލެއް ގާއިމުވެފައި އޮންނަން ޖެހޭނެ ކަމަށް އީޔޫ އިން ދެކޭ ކަމަށެވެ. އަދި ނުފޫޒެއް ނެތި ވޯޓް ލުމުގެ މިނިވަންކަން ޔަޤީންކޮށްދެން ޖެހޭނެ ކަމަށާއި ރާއްޖޭގެ މަޝްރަޙާ މެދު އުފައްދާފައިވާ ޝަކުވާތަކަށް އީޔޫއިން ފާރަވެރިވަމުން އަންނަ ކަމަށެވެ.
ސިޔާސީ ގިނަ ބޭފުޅުންވެސްދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޙާބު އެއްވެސް ނުފޫޒެއް ނެތި ކުރިޔަށް ގެންގޮސްދިމަށް އެދި ރައީސް ޔާމީން އަށާއި އިލެކްޝަން ކޮމިޝަނަށް އެދިފައެވެ.