English Edition
Dhivehi Edition

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކީ” ގެ ދެވަނަ ސީޒަން ގައި ކޮމާލިކާގެ ރޯލް ކުޅެދޭން ހީނާ ޙާން އެއްބަސްވީ އަގު އެނގޭ ހެއްޔެވެ؟

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑްރާމާގެ މެއިން އެއް ކެރެކްޓާ ކަމަށްވާ “ކޮމަލިކާ”ގެ ރޯލުން ފެނިގެންދާ ހީނާ އެ ރޯލް ކުޅެދިނުމަށް ޑްރާމާގެ ކޮންމެ އެޕިސޯޑަކަށް 225،000 ރުޕީސް (50،000 ދިވެހި ރުފިޔާ)ގެ ބޮޑު އަގެއް ކިޔައިފަ އެވެ

ހީނާ “ކުޑަ ސްކްރީނަށް” އެނބުރި އަންނަ ޑްރާމާ ކަމަށް ކަސޯޓީ ވެގެންދާއިރު ޚަބަރުތައް ބުނާގޮތުން ހީނާ އަކީ މުޅި ޑްރާމާގެ ކާސްޓުގައި ވެސް ހިމެނޭ އެންމެ އަގުބޮޑު އެކްޓަރެވެ

ކަސޯޓީ 2″ ގައި ފުރަތަމަ ތިން އެޕިސޯޑު ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހްރުކް ހާން ނެރޭޓްކޮށްދޭންވަނީ ހަމަޖެހިފައެވެ