ބޮލީވުޑްގެ ސުޕަސްޓަރ ޝާހުރުކް ޙާން ގެ މިއަހަރު ނުކުންނަ އެންމެ ފަހު ފިލްމްގެ ޓްރެއިލާ އޭނަގެ އުފަނަދުވަހު ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.
ބެލުންތެރިން ބަލަން ކެތްމަދު ވެފައި ތިބި މި ފިލްމްގައި ވަރަށްހާއްސަ ލަވައެއްފެނިގެންދާނެއެވެ. ހަބަރުތައް ބުނާގޮތުގައި އެލަވައިގައި ޝާހްރުކް ސަލްމާންހާން އަދި ކެޓްރީނާ ފެނިގެންދާނެއެވެ.
މިފިލްގެ އެއްޕްރޮޑިއުސަރ ކަމަށްވާ އަނަންދް ބުނެފައިވަނީ މިފިލްމްގައި ޝާހްރުކް ހާންގެ ޑަބަލް ރޯލެއް ފެނިގެންދާނެއެވެ. އަނަންދް މުޅިން އަލަށް ޝާހުރުކް އާއެކު ފިލްމެއްގައި މަސައްކަތް ކޮށްފައި ވާއިރު އޭނާ ބުނެފައި ވަނީ ޝާހު ފަދަ ސުޕަސްޓާ އަކާއެކު މަސައްކަތް ކުރަން ހީކުރިވަރަށް ވުރެންވެސް ފަސޭހަކަމަށެވެ. އަނަންދް ބުނެފައިވަނީ ޝަހު އަކީ ވަރަށް ގާތް ކޮށް އުޅޭ އާއިލީ މީހަކާ އެއްފަދަ އެކުވެރި އެކްޓަރެކެވެ.
ފިލްމް “ޒީރޯ” ގައި ޝާހްއާއެކު ލީޑްރޯލުން ފެނިގެންދަނީ އަނުކްޝާ ޝަރްމާ އަދި ކެޓްރީނާ ކައިފްއެވެ. އަދި ހާއްސަ ފެނިލުމަކުން ސަލްމާންހާން މިފިލްމުން ފެނިގެންދާ އިރު ސްރީދޭވީ ވީ ވެސް މި ފިލްމްގައި ފެނިގެންދާނެއެވެ. މިފިލްމަކީ ސްރީދޭވީ ފެބްރުއަރީ 24 ވަނަ ދުވަހު ކުއްލިގޮތަކަށް މަރު ވުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅުނު ފިލްމެވެ.
މިފިލްމްގެ ޓްރެއިލާ ޝާހްގެ އުފަންދުވަސް ކަމަށްވާ 2 ނޮވެމްބަރ ގައި ރިލީޒް ކުރާއިރު ފިލްމް ސިނަމާތަކުގައި އަޅުވާނީ މިއަހަރު 21 ޑިސެމްބަރ ގައެވެ.