English Edition
Dhivehi Edition

މިމަހުގެ 15 ވަނަ ދުވަހު ސައުތްވޭލްސްގެ ޕޮންޓީޕްރައިޑް އިން ގެއްލުނު 15 އަހަރުގެ ނައޮމީ ރީސް ވީ އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ކައިރީގައި ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

ސައުތް ވޭލްސްގެ ޕޮލިހުންވަނީ މިދެމީހުންވެސް ޕޮލިހުންނަށް އަންހެން ކުއްޖާ ސަލާމަތުން ހުރިކަން ކަށްވަރުކޮށްދިނުމަށް އަންގާފައެވެ .އެންމެ ފަހުން ނައޮމީ ފެނިފައިވަނީ ޕޮންޓީޕްރައިޑްގެ ބަހަކަށް އަރަން ދަނިކޮށް އެ ސަރަހައްދުގެ ސީސީޓީއިންނެވެ.އޭގެ ކުރީން ޓައުންވާ މެމޯރިއަލް ޕާކުން ފެނިފައިވެއެވެ.

މި އިންވެސްޓިގޭޝަންގައި އިސްކޮށް އުޅޭ ޑިޓެކްޓިވް އިންސްޕެކްޓަރ ގަރެތް ޑެވީސް ބުނީ ޕޮލިހުން އެންމެ ބޮޑަށް ކަންބޮޑުވަނީ ނައޮމީ ފިލައިގެން ދިޔަ ފަހުން ގެއަށް އެއްފަހަރުވެސް ގުޅާފައި ނުވާތީ ކަމަށެވެ.މީގެ އިތުރުން އޭނާ ބުނެފައިވަނީ ނައޮމީ ފިލައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށާއި ޕޮލިހުން ބޭނުންވަނީ ނައޮމީ ސަލާމަތުން ހުރިކަން އެނގެންކަމަށެވެ.އަދި ނައޮމީގެ އާއިލާއިންނާއި ރައްޓެހީން ތިބީ ވަރަށް ބޮޑަށް ކަންބޮޑު ވެފައިކަމަށެވެ.

އެ އެންމެންވެސް ބޭނުންވަނީ ނައޮމީ ކޮންމެތަނެއްގައި ހުއްޓަސް ގެއަށް ގުޅާ ސަލާމަތުން ހުރިކަން އެންގުމަށެވެ. ޕޮލިހުން މިހާރުދަނީ 20 އަހަރުގެ ބާކާ އާއި ގުޅޭނެ ގޮތެއް ހޯދަމުންނެވެ.ބާކާއާއި ނައޮމީ ދިމާވީ އޮންލައިނުންނެވެ.ޕޮލިހުން ތުހުމަތުކުރަނީ ނައޮމީ ފިލައިގެން ގޮސްގެން އުޅެނީ ބާކާ އާއި އެކީ ކަމަށެވެ.އަދި ޕޮލިހުން ވަނީ އަދިވެސް ރަނގަޅު ގޮތަށް ކަންތައް ކުރަން ވަގުތު އެބައޮތް ކަމަށާއި އަވަހަށް ޕޮލިހުން ކައިރިއަށް އައުމަށް އެދިފައެވެ.