English Edition
Dhivehi Edition

ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލުމުގެ އަމަލެއް ހިންގައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސުވާމީ ދެއްކި ވާހަކަތައް އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ

މިއަދު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ އިސްތިއުމާރުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އިންޑިއާގެ ވަކި ފަރުދެއްގެ އެ ގޮވާލުމަކީ އިންޑިއާގެ ސަރުކާރާއި ރައްޔިތުން ރާއްޖެ އާއި ދިވެހިންނާއި މެދު ދެކޭ އަވައްޓެރިކަމުގެ ނަޒަރާ ހިލާފު ގޮވާލުމެއް ކަމަށެވެ

މީގެ އިތުރުން އަދާލަތު ޕާޓީން ބުނެފައިވަނީ އިންޑިއާ އާއި ރާއްޖެއާ މެދު އިތުބާރާއި ޔަގީންކަމުގެ މައްޗަށް ބިނާވެ ކުރިއަރަމުން އަންނަ ސިޔާސީ އިގްތިސާދީ އަދި އަސްކަރީ ގާތް ގުޅިމެއް އޮތުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތްކަމުގައި ކަމަށާއި ދިވެހިރާއްޖޭ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމުގައެވެ.