English Edition
Dhivehi Edition

ފިރިހެނުންނާ އެއްހަމަޔަށް އަންހެނުންވެސް ބާރުވެރިކުރުމަށް ގިނަ ޤައުމުތަކަކުން އެތައް ކަމެއް ކުރަމުންދެއެވެ.އަންހެނުންވެސް އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް ވަކާލާތުކުރެއެވެ.ފަސްޓް ލެފްޓިނެންޓް މީސާ މަޓްސުޝިމާ ޖަޕާން އެއާ ސެލްފް ޑިފެންސް ފޯސްއާ ގުޅުނީ އެޤައުމުގެ ނޭޝަނަލް ޑިފެންސް އެކަޑަމީއިން 2014 ގައި ގްރެޖުވޭޓްވުމަށް ފަހުގައެވެ.އެއާ ސެލްފް ޑިފެންސް ފޯސްގައި 13,707 އަންހެނުން މަސައްކަތްކުރެއެވެ.މީސާ މަޓްސުޝިމާ މި ޓްރެއިނިން ނިންމާ ގްރެޖުއޭޓްވީ މި ހަފްތާ ތެރޭގައެވެ.

މީސާ މަޓްސުޝިމާ ބުނީ އޭނާ މިކަމަށް ޝައުގުވެރިކަން އުފެދުނީ ޕްރައިމަރީ ސްކަުލްގައި ބެލި ފިލްމެއް ކަމަށްވާ ޓޮޕް ގަން ބެލުމަށް ފަހުގައެވެ.އޭގެ ފަހުން ފައިޓާ ޖެޓް ޕައިލެޓަކަށް ވާން ވަރަށް ޝައުގުވެރިކަން ހުންނަ ކަމަށް މީސާ މަޓްސުޝިމާ ބުންޔެވެ. “ފުރަތަމަ އަންހެން ފައިޓާ ޖެޓް ޕައިލެޓަށް ވުމުން އަހަރެން ކުރިއަށް ދާން މަގުތައް ހުޅުވައި ދޭނަން.އަހަރެން ގަދައަޅާ މަސައްކަތް ކުރާނަން ބޮޑަށް ތިބޭ މީހުންގެ އުއްމީދުތަކާ ހަމަޔަށް ވާސިލުވާން.އަދި އަހަންނަށް މި ދާއިރާއިން ކުރިޔަށްދާން އެހީވާ މީހުންނަށް ޝުކުރުއަދާކުރާނަން.އަދި އެއްކޮށް ކަމާ ހަވާލުވެގެން ހުރެވޭ ވަރުގެ މީހަކަށް ވުމަށް އަހަރެން މަސައްކަތް ކުރާނަން” މީސާ މަޓްސުޝިމާ ބުންޔެވެ.

މީސާ މަޓްސުޝިމާ އަކީ ހޮކޮހަމާޔަށް އުފަން މީހެކެވެ.އޭނާޔަށް ޕައިލެޓް ލައިސެންސް ލިބުނީ 2015 ވަނަ އަހަރުގައެވެ

ޓެކްނޮލޮޖީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޖަޕާން ދަނީ އެންމެ އުހަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ.