English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ނޭހާ އާއި ފިރިމީހާ އަންގަދު އަށް އަލަތު ދަރިފުޅު ލިބެންއުޅޭކަން މީޑިއާއަށް ހާމަކޮށްފިއެވެ.

މިދިޔަ މޭއިމަހު 10 ވަނަ ދުވަހު ކައިވެނި ކޮށްފައި ވާ މިދެތަރިން ގެ ކައިވެނި ކުރެވުނީ ކުއްލިގޮތަކަށް ސިއްރުން އާއިލާ މީހުންނާ އެކު ބޭއްވި ކުޑަހަފްލާ އެއްގައެވެ. މިދެތަރިން ރައްޓެހިވެގެން އުޅޭކަމުގެ އަޑުފެތުރިފައި ވީނަމަވެސް ކައިވެނި ކުރަން އުޅޭވާހަކަ ހާމަނުކޮށް ކުއްލިއަކަށް ކައިވެނި ކުރިކަން ހާމަކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ނޭހާ ކުރި ޕޯސްޓެއްގައެވެ.

މީޑިއާތަކަށް ނޭނގޭނެހެން ސިއްރުން ނެހާ ކައިވެނިކުރުމާއެކު އޭނާ ކައިވެނިކުރީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަންގަދުގެ ދަރިއަކަށް ބަލިވެ އިނުމުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިނަމަވެސް ނެހާގެ ބައްޕަ ވަނީ ކުރިން އެކަން ދޮގުކޮށްފައެވެ.

އޭގެ ހަތަރު މަސް ފަހުން އަނެއްކާވެސް މިވަނީ ނެހާއަށް ދަރިއަކު ލިބެން އުޅޭކަަމަށް އިންސްޓަގްރަމް މެދުވެރިކޮށް ހުރިހާ ފޭނުންނަށް ހާމަކޮށްފައެވެ. އެމީހުންނަށް ލިބެން އުޅޭ ފުރަތަމަ ދަރިފުގެ ވާހަކަ ހިއްސާކުރަމުން އަންގަދު ބުނެފައިވަނީ ހުރިހާއެންމެން ނޭންގިގެން އުޅުނު ކަންތަށް މިހާރު އެނގުނީ ކަމަށެވެ.

ނޭހާއާއި އަންގަދަށް އަލަތު ދަރިފުޅު ލިބެންއުޅޭ ވާހަކަ ސޯޝަލްމީޑިއާ ގައި ހިއްސާ ކޮށްފައި ވީނަމަވެސް ނޭހާ ވިހާނެ ދުވަހެއް ހާމަކޮށްފައި ނުވެއެވެ.