English Edition
Dhivehi Edition
މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ އާލާތްތައް:

އައްޑޫ ސިޓީގެ ހުޅުދޫ މީދޫ އަކީ މި ސިޓީގެ އެހެން ރަށްތަކާއި ވަކިން އޮންނަ އާބާދީގައި ގާތްގަނޑަކަށް ހަތަރުހާސްވަރަކަށް މީހުން ދިރިއުޅެމުން އަންނަ ތަނެކެވެ. އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު މާރާމާރީ އާއި ޖިނާއީ ބޮޑެތި ކުށްތައް ކުރާ އަދަދު ވަރަށްވެސް މަދު ދެ ރަށެވެ.އެހެންނަމަވެސް ދެ ރަށުގެ މެދުގައި ކާބަފައިންގެ ޒަމާނުއްސުރެ އުފެދިފައިވާ ރުޅިވެރިކަމާއި، ހަސަދަވެރިކަމަކީ، ތަރައްޤީ އާއި ތަހުޒީބާ އެކުވެސް މި ދެ ރަށުގެ ރައްޔަތުންގެ ހިތުން ފިލައިގެން ދިޔަ ކަމެއް ނޫނެވެ. ހުޅުދޫ މީދޫގެ މެދުގައި ހުޅުވިގެން ދިޔަ ސ.އަތޮޅު މަދަރަސާ އާއި އެކު މިކަން ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔަ ނަމަވެސް އަބަދުވެސް ދެ ރަށުގެ ރައްޔަތުންވެސް ދެކެންމުން އާއި ޖެހިގެން އޮންނަ އަވަށްޓެރި ރަށުގެ ރައްޔަތުންނަކީ ‘ބީރައްޓެހިން’ ކަމުގައެވެ

ޒަމާނާއެކު މީހުން ތަރައްޤީވެ ތަހުޒީބުވަމުން އައި އިރު ދެ ރަށުގެ ޒުވާނުންގެ މެދުގައި ވަނީ ވަރުގަދަ ‘ ޒުވާން ގުރޫޕް’ ތަކެއް އުފެދިފައެވެ. ނުވަތަ އުފައްދާފައެވެ. ސްކޫލް ދުވަސްވަރު އެކުގައި އުޅުނު ރައްޓެހިންނާއެކު އުފެދިގެން ދިޔަ މި ކުޑަ ގުރޫޕްތަށް އުފެދިގެން އައި އިރު ދެ ރަށުގެ ގިނަ ރައްޔަތުންވެސް ތިބީ އެ ގުރޫޕްތަކާއެކުގައެވެ. ކޮންމެ ރަށެއްގެ ގުރޫޕަކަށް ވަކި ނަމެއް ދީފައިވާއިރު އެ ގުރޫޕްތަކަކީ ރަށުގެ ރައްޔަތުންގެ މެދުގައި ނަން ހިނގާ މަޝްހޫރު ގުރޫޕްތަކަށްވަނީ ވެފައެވެ. ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރަންވީ އުމުރުގައި އުފެދިގެން ދިޔަ ‘އެކުވެރިންގެ ގުރޫޮޕް’ ތަކުގެ ނޭދޭވޭ އަސަރު މުޅި މުޖްތަމައުގެ ކުދި ބޮޑު އެންމެންނަށްވެސް ދިޔައީ ކުރަމުންނެވެ

އެއް އުމުރެއްގެ ދިހަ ބާރަ ޒުވާނުން ވަކި ސަރަހައްދަކަށް ޖަމައުވެ ކުރަމުންދިޔަ މަޖާތަކުގެ ނަތީޖާއަކަށްވެގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ނަތީޖާއެކެވެ. މި ދެރަށުގެ ހަރު މީހުންނާއި، މި ޒުވާނުންނަށްވުރެ ބޮޑެތި މީހުންނަށް އެއްވެސް އިހްތިރާމްކުރުމެއް ނެތި މި ގުރޫޕްތަކުން މުޅި ރަށަށް އަތްގަދަ ކުރަމުން ދިއުމުގެ ނަތީޖާއަކަށްވެގެން ދިޔައީ މި ގުރޫޕްތަކާއި ދެކޮޅު މީހުންނަށްވެސް ފާޅުގައި އެއްޗެއް ބުނަން ނުކެރުމެވެ. އެހާ ހިސާބުން ދެ ރަށުގެ ރައްޔަތުންވެސް ޒުވާނުން ކުރާނެ ކަމެއް ކުރަން ދޫކޮށްލީއެވެ. އެމީހުން ގުރޫޕްތައް ހުއްޓުވާ ނަސޭހަތްތެރިވާނެ މީހެއް ނެތުމުން އެމީހުން ދިޔައީ އެމީހުން ބޭނުން ގޮތަކަށް ބޭނުންކަމެއް ކުރަމުންނެވެ.ދެ ރަށުގައި ދެ ގުރޫޕް އުފެދިގެން ދިއުމުގެ ނަތީޖާ ފެނިގެން ދިޔައީ ވަރަށްވެސް ހިތި ގޮތަކަށެވެ

މިދިޔަ ބަރަކާތްތެރި އީދު ދުވަހު ދެ ރަށުގެ ރައްޔަތުންނަށްވެސް ބޮޑު ސިހުމެއް ލިބިގެން ދިޔައީ ދެ ރަށުގެ ޒުވާނުންގެ މެދުގައި ހިނގައި ދިޔަ މާރާމާރީގެ ވާހަކަތަކާއެކުގައެވެ. އަޑުގަދަ މީހާގެ ރުއް ގިނަ އުސޫލުން ރައްޔަތުން އެއްވީ ޕޮލިސްޓޭޝަން ކައިރިއަށެެވެ. ކޮންމެ މީހަކުވެސް ބުނަމުން ދިޔައީ ގަދަ ބަހެވެ. ދެ ރަށުގެ މީހުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔައިރު މިހާ ހިސާބަށް މިކަންތައް ދާންޖެހުނު ހަގީގީ ސަބަބާ މެދު އެއްވެސް މީހަކު ވިސްނާލިނަމައެވެ. ޒިންމާދާރު ޒުވާނުންނަށް ވެ މި ޒުވާނުން މުޖްތަމައުއަށް ބޭނުންވީ ވަގުތު މި ޒުވާނުން މި ހަލާތަށް ވެއްޓުނީ ހަމަ މި ދެރަށުގެ ގިނަ ރައްޔަތުންގެ ސަބަބުންކަން ގަބޫލުކުރަންޖެހެއެވެ

މާރާމާރީ އެންމެ ގިނަ މާލޭގައި ފުރަތަމަ އުފެދިންގެ ދިޔައީ މިކަހަލަ ކުދި އެކުވެރިންގެ ގުރޫޮޕްތަކެވެ. އެ ގުރޫޕްތައް ބޮޑުވެ އެންމެ ފަހުން މުޅި މުޖްތަމައުއަށް ނުރައްކަލަކަށްވެގެން ދިޔައީ ދިވެހިންގެ ކުރިމަތީގައެވެ. އެ ގުރޫޕްތަކުންވެސް އެންމެ ފުރަތަމަ ކުރަން ފެށީ ޒުވާބެވެ، އެއަށްފަހު ލަނކުޑި ބުރި އާއި ވަޅިއެވެ. މަރެއްގެ ބަދަލު ހިފުމަށް މަރެކެވެ.. މި ހާލަތަކަށް މި ކުޑަ މުޖްތަމައު ދަންދެން ހަމަ ބަލަންތިބެންވީ ހެއްޔެވެ؟ ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ދެމުންދާ އިންޒާރު ހުއްޓުވާނެ މީހެއް ހަމަ ނެތީ ހެއްޔެވެ؟ އަދިވެސް ދެ ރަށުގެ ވާދަވެރިކަމާއި ފޯރީގައި މަރަކަށް މަރެއް ވަންދެން ބަަލަންތިބެންވީ ހެއްޔެވެ؟ ރަށުގެ ހުރިހާ ރައްޔަތުން ސިޔާސީވެފަ ތިއްބާ މި މުޖުތަމައުގެ ޒުވާން ޖީލެއް ހަލާކުގެ ތެރެއަށް ވެއްޓެން ދެން ބަލަން ތިބެން ވީ ހެއްޔެވެ؟ ފަރުދީ ޒިންމާ އަދިވެސް އަދާކުރަންނުވަނީ ހެއްޔެވެ؟

މިހުރިހާ ކަމެއް ބޮއްސުން ނުލަނީސް މި މުޖްތަމައު ސަލާމަތްކުރަން އެންމެން އެކައްޗެއް ކިޔަންވީ ވަގުތު މި އޮތީ އައިސްޖެހިފައެވެ. ދަރިންނަކީ މަންމަ އާއި ބައްޕަ އާއި ހަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. މި އަމާނާތާ މެދު ސުވާލުކުރެވޭނެ ދުވަސް އަންނާނެކަން ކަށަވަރެވެ. އެހެން ކަމުން ދަރިން ކިތެންމެ ބޮޑުވި ނަމަވެސް މައިންބަފައިންނަށް ވުރެ ބޮޑު ނުވާނެކަން ދަންނަން އެބަޖެހެއެވެ. އެ ދަރިން ބޮޑެތި ކުށްވެރިންނަށް ވުމުގެ ކުރިން ހުއްޓުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މި ފަދަ ގުރޫޕްތަކަށް ވާގިވެރިވަމުން އަންނަ މީހުން މި ކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހެއެވެ .މުޖްތަމައުގައި އުފެދެމުން އަންނަ މިކަހަލަ ޒުވާން ގުރޫޕްތައް ހުއްޓުވުމަކީ މުޅި މުޖްތަމައުގެ ޒިންމާއެކެވެ. ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ފެށިގެން އާންމު ރައްޔަތު މީހާވެސް މިކަން ހުއްޓުވުމަށް އަޑު އުފުލަން އެބަޖެހެއެވެ. ބިރު ފަހަނަޅާ ގޮސް މި ޒުވާނުން ހުއްޓުވަން އެބަ ޖެހެއެވެ. ޖީލަކަށްފަހު ޖީލެއް ހަލާކުވާން ދޫކޮށް ނުލާށެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ

Free Fire for PC

Baixar Ativador Window 7

 

2 ކޮމެންޓް
ގޯގޯ ހުސަން
އޮގަސްޓް 24, 2018
ހުޅުދޫ ކޮން ނަމަށް ކޭ ކޮންގުރޫއްޕައް އޮތީ؟؟ މީދޫ ގައުމު ގޭންގު އޮތީ؟؟؟
މުހުންމަދު
އޮގަސްޓް 24, 2018
ވަރަށްތާޢީދުވާޙަކައެއް