English Edition
Dhivehi Edition

އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ޕާޓީގެ ޝަޚްސު އޮޅުވާލި ކަމަށް ބުނެ، އަދާލަތު ޕާޓީ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ފަސް މީހަކާ ދެކޮޅަށް އެ ޕާޓީން ވަނީ މައްސަލަ ހުށަހަޅާފައެވެ.އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީގައި ވަނީ އަދާލަތު ޕާޓީ އަށް ނިސްބަތްނުވާ މެމްބަރުންތަކެއް އެ ޕާޓީގެ ނަމުގައި ބޭއްވި ބައްދަލުވުމަކީޝަހްސު އޮޅުވާލުމެއް ކަމަށް ބަލައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިވަޑައިގެންފައެވެ

އަދާލަތު ޕާޓީގެ އާންމު މެމްބަރުންކަމަށް ބުނާ ބަޔަކު ބޭއްވި ބައްދަލުވުމާއި ގުޅިގެން އެ ޕާޓީން ދައުވާކޮށްފައިވަނީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދާއި، ހއ.މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް އާއި، ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙް އާއި، ނ. މާފަރު ފަސްމީރު އަޙްމަދު ޙާޝިމެވެ

މި ނޫސްވެެރިންގެ ބައްދަލުވުމަގައި ޕާޓީގެ ލީޑާޝިޕުން އަމަލު ކުރަމުން އަންނަނީ ޕާޓީ އުފެއްދި މަގުސަދާ ހިލާފަށް ކަމަށާއި އަދި ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތެއް ނޭނގޭ ކަމަށް އެމީހުންވަނީ ބުނެފައެވެ. އަދި އެކަން އޮޅުން ފިލުވަން ބޭނުންވާ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ