English Edition
Dhivehi Edition

ޒުވާން އަންހެން ގްރޫޕަކުން، އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވުމާއި ގުޅިގެން، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލު އެ މައްސަލަ ތަހުގީގު ކުރާކަން ކަށަވަރަކޮށްދީފައިވާއިރު،އެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ތިން އަންހެން ކުދިން، އަންހެން ކުއްޖެއްގެ އަތުގައި ހިފައި ދަމައިގެން ގެންދާ މަންޒަރު ފެނެއެވެ. އަދި އަންހެން ކުއްޖާ ގައިގައި ތަޅާ ހުތުރު ބަހުން އެ ކުއްޖާ އާއި މުހާތަބުކުރާ މަންޒަރުވެސް ފެނެއެވެ.މީ ކޮންއިރަކު ހިނގި ހާދިސާއެއްކަން އަދި އެގިފައިނުވާއިރު މި މައްސަލަ ޖެހުނު ސަބަބެއްވެސް އަދި އެނގިފައެއް ނުވެއެވެ.

މީސް މީޑިއާގަިއ ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން ދުވާލުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ގެންދަނީ ހުޅުމާލޭގައި ޗައިނާ އިން އަޅާފައިވާ ފްލެޓެއް ކައިރިއަށެވެ. މި ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކުވަނީ މި މައްސަލަ ބެލުމަށްކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ

ޓެގު