އިންޑިއާގެ ފިރިހެނަކު އޭނަގެ އަނބިމީހާގެ ކުރިމަތީފަރާތް އެލުމިނިއަމް ނަރުން ފަހާލާފައިވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ އުއްތަރ ޕްރަދޭޝްގައި މިދިޔަ ހޮނިހިރު ދުވަހުއެވެ.
ޓީއޯއައި ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެންމީހާގެ ފިރިމީހާ މިއަމަލު ހިންގާފައިވަނީ އޭނާގެ އަނބިމީހާ ސިއްރު ލޯބިވެރިޔެއް ގެންގުޅޭކަމުގެ ތުހުމަތުގައެވެ. ފުލުހުންބުނީ އެ އަންހެންމީހާގެ ފިރިމީހާ މިލާއިންސާނީ އަމަލު ހިންގާފައިވަނީ އަންހެންމީހާ ކައިރީ ޓެސްޓެއް ހަދާލަން ޖެހޭކަމަށް ބުނެ ދޮގުހަދާފައެވެ. އަދި ޓެސްޓް ހަދަން ކަމަށްބުނެ އަންހެންމީހާ އެއްބަސް ވުމުން ދެއަތާފައި ވަރަށް ރަނގަޅަށް ބަނދެފައި ބާއްވަފައި ތިނޯހަކާއި އެލުމިނިއަމް ނަރު ހިފައިގެން އައިސް ކުރިމަތީފަރާތް ފަހާލީއެވެ.
ފުލުހުންބުނީ މިހާދިސާ އަންހެން މީހާ ރިޕޯރޓް ކުރުމާއެކު މިވަގުތު ވަނީ ޓެކްސީ ދުއްވުމުގެ ވަޒީފާއަދާކުރާ އެފިރިހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް މައްސަލަ ބަލަންފަށާފައެވެ. އިތުރަށް ފުލުހުން ބުނީ މިވަގުތު އަންހެން މީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންގެންދާކަމަށާއި އޭނަގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
އިންޑިއާގެ ސަގާފަތުގައި ވާގޮތުން އެމީހުން ކައިވެނި ކުރަންޖެހެނީ އާއިލާ މީހުންދައްކާ މީހަކާއެވެ. އެރޭންޖް މެރިއޭޖްގެ ސަބަބުން އިންޑިއާގައި ވަރަށް ގިނަ ކައިވެނި ތަކުގައި މައްސަލަޖެހެއެވެ. އެގޮތުން އެ ކައިވެނި ކުރެވޭއިރު ކުރިން ލޯބިވެރިޔަކު ގެންގުޅެފައިވާނަމަ ކައިވެންޏަށްފަހުވެސް އެމީހާ އާގުޅުންބާއްވާ މީހުން މަދެއްނޫނެވެ. މި ގޮތަށް ކަންތައް ދިމާވުމުން އިންޑިއާގައި ކައިވެނިތަކުގައި މައްސަލަޖެހި ފިރިމީހާ ނުވަތަ އަނބިމީހާ މަރާލުމުގެ ހާދިސާތަކަކީވެސް ވަރަށް ގިނައިން ހިނގާ މައްސަލައެކެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ ގިނަ ކުށްކުރުމުގެ މައްސަލަތަކުގެ ރިކޯޑް އޮންނަ އެއްގައުމެވެ.