English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މުސާރަބޮޑު އެކްޓަރުންގެ ލިސްޓުގައި ސަލްމާން ހާން އަދި އަކްޝޭ ކުމާރު ހިމެނިއްޖެއެވެ.

ލީޑިންގް މެގަޒިންއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި މިހާރުތިބި ފިރިހެން އެކްޓަރުންގެ ތެރޭގައި ބޮލީވުޑްގެ ސަލްމާން ޙާން އާއި އަކްޝޭ ކުމާރް ހިމެނޭއިރު ކޮންމެ އަހަރެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީ އެއްލިބޭ 10 އެކްޓަރުންގެ ތެރޭގައި މިދެތަރިން ވަނީ ހިމެނިފައެވެ.

މި ލިސްޓުގެ ގޯލްޑްސްޓާ ނަމްބަރ 7 އަކްޝޭ ކުމާރް އަށް ލިބެނީ 40.5 މިލިޔަން ޑޮލަރެވެ. ލިސްޓުގެ 9 ވަނައިގަ އޮތީ ސަލްމާން ޙާންއެވެ. ސަލްމާން އަށް ލިބެނީ 38.5 މިލިޔަން ޑޮލަރެވެ.

ލިސްޓުގައި ތިބި އެހެން އެކްޓަރުންނަށް ބަލާއިރު ޖޯޖް ކްލޫނީ 239 މިލިޔަން، ޑައިން ޖޯންސަން 124 މިލިޔަން، ބާޓް ޑޯނީ81 މިލިޔަން،ކްރިސް ހެމްސްވާތް 64.5 މިލިޔަން ،ޖެކީޗަން45.5 މިލިޔަން ،ވިލް ސްމިތް42 މިލިޔަން ،އަކްޝޭ ކުމާރް40.5 މިލިޔަން ،އާދަމް ސޭންޑްލާ39.5 މިލިޔަން ،ސަލްމާން ޙާން38.5 މިލިޔަން ،ކްރިސް އީވަންސް 34 މިލިޔަނެވެ.

އަކްޝޭ ކުމާރް އާއި ސަލްމާން ޙާން ވަނީ 2018 ވަނަ އަހަރު އެންމެ މުސާރަ ބޮޑު 100 މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންގެ ލިސްޓުންވެސް ޖާގަ ހޯދާފައެވެ.