English Edition
Dhivehi Edition

އަވަށްޓެރި އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކެރެލާއަށް ފެންބޮޑުވެ ލިބުނު ގެއްލުމާ ގުޅިގެން ރާއްޖެއިން ދިން އެހީ އެޤައުމުން ގަބޫލު ނުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

ރާއްޖެއިން ދިން 50,000 ޑޮލަރުގެ އެހީ އިންޑިއާއިން ބަލައެއް ނުގަންނަ ކަމަށް އެޤައުމުގެ ނޫހަކުން ވަނީ ކަށަވަރުވެފައެވެ.

ރާއްޖޭގެ އިތުރުން ޔޫއޭއީ އާއި ގަތަރުން ވެސް ވަނީ އިންޑިއާ އަށް ފައިސާގެ އެހީ ހުށަހަޅާފައެވެ. ނަމަވެސް އެއްވެސް ޤައުމެއްގެ އެހީ ގަބޫލު ކުރަން އިންޑިއާ އިން ވަނީ ދެކޮޅު ހަދާފައެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ކެރެލާ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ގައުމުތަކުން ދޭ އެހީތައް ބަލައި ނުގަންނަން ނިންމާފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގާބިލްކަން އިންޑިއާގެ ކިބައިގައި ހުރުމުންނެވެ

މި ފެންބޮޑުވުމުގެ ހާދިސާގައި 324 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. އަދި 22,3139 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ފެންބޮޑުވުމުގެ ސަބަބުން 8000 ކޮރޯޑް ރުޕީސްގެ އަގުހުރި ދަނޑުގޮވާންތަށްހަލާކުވެ ވީރާނާވެފަ އިވާ އިރު ދިވެހީން މައިގަނޑުގޮތެއްގައި ކެއުމުގައި ބޭނުންކުރާ ގިނަ އެއްޗެހި ގެންނަނީ އިންޑިއާއިންނެވެ.