އައްޑޫ ސިޓީ ހުޅުމީދޫގައި މިއަދު ހަވީރު ހިނގި ގުރޫޕް މާރާމާރީ އެއްގައި ހަތަރު މީހުންނަށް އަނިޔާވެ، އެކަކަށް ސިރީއަސް އަނިޔާތަކެއްވެއްޖެއެވެ
އީދު ފެންކުޅި ލުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހުޅުދޫ އާއި މީދޫ ޒުވާނުންގެ މެދުގައި ހިނގި މި މާރާމާރީ އާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އަދި ޕޮލިހުންގެ ބަހެއް ލިބިފައި ނުވާއިރު ހާލު ސީރިއަސް ވި ޒުވާނާ ހިތަދޫ އަށް ފޮނުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.