English Edition
Dhivehi Edition

އިންޑިއާއަށް ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ އަށްދާ ކޮޗިންގައި ފެންބޮޑުވެ އެ ސަރަހައްދުގައި އުޅޭދިވެހި އާއިލާތަށް ޓްރިވެންޑްރަމަށް ބަދަލު ކޮށްފިއެވެ.

ކޮޗިންގައި މިހާރު ދިރި އުޅެމުންދާ 219 ދިވެހިން ޓްރިވެންޑްރަމަށް ބަދަލު ކުރެވިފަ އިވާ ކަމަށް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވަނީބުނެފައެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ތަންތަނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެތަށްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހި މިދިޔަ ހަފްތާގައި ފެންބޮޑުވުމުގެ ސަބަބުން އަދިވެސް ގިނަ ސަރަހައްދުތައް ވަނީ ފެން ބޮޑުވެ ސުންނާފަތި ވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އައި ގެތަކަށް ގެއްލުން ވެ އުޅެވޭވަރަށް ވުރެ ގޭތެރޭގައި ފެންބޮޑުވެ ބައެއް މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާދިސާގައި މިހާތަނަށް 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 8 ލައްކައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.