English Edition
Dhivehi Edition

އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެއެވެ

އުމުރުފުޅުން 80 އަހަރުގައި ކޯފީ އަނާން އަވަހާރަވިކަން އ.ދ ގެ މައިގްރޭޝަން އެޖެންސީން ވަނީ މިއަދު ކުރި ޓްވީޓެއްގައި ކަށަވަރުކޮށްދީފައެވެ.

އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާ އަށް އުފަން ކޯފީ އަނާން އަވަހާރަވި ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކޯފީ އަނާން ވަނީ އ.ދ ގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމު، ނުވަ އަހަރަށް ކޮށްފައެވެ. ކޯފީ އަނާނަކީ އ.ދ ގެ 7 ވަނަ ސެކެޓްރީ ޖެނެރަލްއެވެ. އެއީ1997 އިން 2006 ވަނަ އަހަރާއި ހަމައަށެވެ. އެއަށްފަހު ކޯފީ އަނާން ވަނީ އ.ދ އިން ސީރިޔާއަށް ކަނޑައަޅުއްވާފައިވާ ބައިނަލްއަޤްވާމީ ސުލްޙައިގެ މަންދޫބުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ކޯފީ އަނާނަށް ވަނީ އިންސާނީޔަތަށް މަސައްކަތް ކޮށްދީފައިވާތީ ނޯބަލް ޕީސް ޕްރައިޒްވެސް ލިބިފައެވެ. އަނާން އުފަންވެފައިވަނީ 1938 ވަނަ އަހަރުގެ އެޕްރީލް 8 ގައެވެ.އަނާން އަވަހާރަވީއިރު އަނބިކަނބަލަކީ 3 ބޭފުޅުންއެބަ ތިއްބެއެވެ.