English Edition
Dhivehi Edition

މެންދުރުގެ ހޫނުމިން 31 ޑިގްރީގައި ހުއްޓާ މަގުމަތީގައި މަޑުކޮށްފައި އޮތް ކާރެއްގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކޮށްދީފިއެވެ.

އިއްޔެގެ ވަގުތެއްގައި އެރިކް އާޝާ އާއި އޭނާ ކައިވެނިކުރަންއުޅޭ އޭނާގެ ލޯބިވެރިޔާ ކާރުން ދުއްވާފައި ދަނިކޮށް މަގުމަތީގައި މަޑުކޮށްގެން އޮތް ކާރެއްގެ ކައިރިން ދެމަފިރިން ވެއްޓިފައި ތިއްބާ ފެނުނެވެ.

އެރިކްމެން އެ ކާރު ކައިރިޔަށް ޕާކު ކޮށްފައި ބެލިއިރު ވެއްޓިފައި ތިބި ދެމަފިރިން ތިބީ ހޭނެތިފައެވެ. އަދި ކާރުގެ ފަހަތު ސީޓުގައި ކުޑަ ކުއްޖަކު އޮތްވާ ފެނުމުން އެެރިކް އާއޭނަގެ ލޯބިވެރިޔާ އެކުއްޖާ ނަގައި ކުއްޖާ އަށް ފެންދިނެވެ. އެރިކް ބުނެފައި ވާގޮތުގައި އެކުއްޖާ އޮތީ ވަރަށް ގަދަޔަށް ކަރުހިއްކާ ފައެވެ.

ރިޕޯޓްތައް ބުނާގޮތުން ވެއްޓިފައި ތިބި ދެމަފިރިން ހޭނެތުނީ މަަސްތުވެގެން އޯވާ ޑޯޒް ވުމުގެ ސަބަބުންނެވެ. އަދި އެމީހުންނަށް މިހާރު ފަރުވާދީފައިވާއިރު ކޯޓުން ވަނީ މިދެމީހުން ޖޫރީ މައިނާ ކޮށްފައެވެ. އެރިކްގެ ފޭސްބުކްގައި އޭނާގެ ލޯބިވެރިޔާ ކާރުތެރޭގައި އޮތް ކުއްޖާ އުރާލައިގެން އިން ފޮޓޯއެއްލުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިހާރު މިފޮޓޯއަށް ލިބިފައެވެ.

އެފޮޓޯ ފޭސްބުކަށް ލީ މިހާރަކަށްއައިސް ކާރުތެރޭގައި ކުޑަކުދިން ބޭތިއްބުމަށްފަހު ގިނައިރުވެ ތުއްތުކުދިން ގެ ފުރާނަގެއްލިގެންދާތީ މިކަހަލަ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުމަށް ކަމަށް އެރިކް އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ. ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ފަހުން މި ކުއްޖާގެ މަންމަ އެރިކް މެންނަށް ގުޅައި ޝުކުރު އަދާކޮށްފައިވެއެވެ.