ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން ޕާކިސްތާނުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް އެގައުމުގެ ކުރީގެ ކްރިކެޓް ޓީމުގެ ކެޕްޓަން އިމްރާން ހާން އައްޔަންކޮށްފިއެވެ
މަޖިލީހުގައި ނެގި ވޯޓުގައި އިމްރާންހާނަށް 176 ވޯޓު ލިބިވަޑައިގެންނެވިއިރު، ވެރިކަން ކުރާ ޕާކިސްތާނު މުސްލިމް ލީގު-ނަވާޒްގެ (ޕީއެމްއެލް-އެން) ޝަހްބާޒް ޝަރީފަށް ލިބިވަޑައިގަތީ 96 ވޯޓެވެ. މިއަދު އިމްރާން ހާން ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދިޔަ ޖުލައި މަހު ޕާކިސްތާނުގައި ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވީވެސް ހާންގެ ޕީޓީއިންނެވެ
ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު އިމްރާން ހާން،ވަނީ ގައުމު ބޭނުންވެފައިވާ ބަދަލުތައް ގެންނަވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. މި ގޮތުން އިމްރާން ހާން އެންމެ އިސްކަމެއް ދެއްވާނެ ކަމަކީ އެ ގައުމުގެ އިގުތިސާދު ކޮޅަށްޖެހުންކަމުގައިވަނީ ވިދާޅުވެފައެވެ
ޕާކިސްތާނުގައި 1988 ވަނަ އަހަރުން ފެށިގެން ކުރަމުން އައީ އާއިލީ ވެރިކަމެކެވެ