English Edition
Dhivehi Edition

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށް ދާ 396 މީހުންނަށް ފުރޭނެ ގޮތެއް ނެތި ހައްޖާޖީން ކަންބޮޑު ބޮޑުވެއްޖެ އެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި ރާއްޖެ އަށް ލިބުނު އިތުރު ކޯޓާގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 396 ހައްޖާޖީން ފުރުމަށް ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 3:30 ގައި ސައުދީ އެއާލައިނުންނެވެ. އެ މީހުންގެ ލަގެޖް އިއްޔެ ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްފަ އި ވާއިރު މިއަދު 11:00 އަށް އެއާޕޯޓަށް ދިއުމަށް ވެސް ހައްޖުވެރިންނަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް މިއަދު ހެނދުނު ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް އެންގީ ސައުަދީ އެއާލައިނަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކުރިން ފުރުމަށް ހަމަޖެހިފައި ވާގަޑީގައި ނުފުރޭކަމަށެވެ.

ރާއްޖެ އަށް ފުރަތަމަ ލިބުނު 1000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ފަރާތުން 600 މީހުން ވަނީ މައްކާއަށް ގޮސްފަ އެވެ.

ހައްޖުކޯޕަރޭޝަނުން މައުލޫމާތު ދެއްވާގޮތުގައި މައްސަލަ ހައލު ކުރެވި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ހުރިހާ ހައްޖުވެރިންނަށް ފުރޭނެއެވެ.