English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓާ ސިޓީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ޑޭވިޑް ސިލްވާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފި ކަން އިއުލާން ކޮށްފިއެވެ.

ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ އިރު ސްޕެއިން ގައުމީ ޓީމްގައި މޮޅު ކުޅުމެއް ދައްކަމުން އައި އިތުރު ކުޅުންތެރިން ތަކެއް ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައެވެ. މިގޮތުން ސްޕެއިންގެ ޓީމަށް ކުޅުން ހުއްޓާލާއި އިންޓަނޭޝަނަލް ފުޓްބޯޅައިން ދެ ރިޓަޔަރ ކުރި ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާއަށް ކުޅެމުން އަންނަ 31 އަހަރުގެ ޑިފެންޑަރ ޖެރާޑް ޕީކޭ އާއި މި ސީޒަންގައި ބާސެލޯނާ ދޫކޮށް ޖަޕާން ލީގަށް ބަދަލުވި އަންދުރޭ އިނިއެސްޓާ ހިމެނެއެވެ.

32 އަހަރުގެ ޑޭވިޑް ސިލްވާ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ އިރު ސިލްވާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީ 35 ލަނޑު ކާމިޔާބުކޮށްފައެވެ.

2006 ވަނަ އަހަރު ސްޕެއިން ޓީމަށް ކުޅެން ފެށި ސިލްވާ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް ފަހު ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި މިއީ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.
ގިނަ އަހަރުތަކެއް ގައުމީ ޓީމަށް ކުޅެދިނުމަށްފަހު ސިލްވާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕުގެ އިތުރުން ދެ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްފައެވެ.