އެތްލެޓިކޯ ބިލްބާއޯ އަށް ކުޅެމުން އައި ސްޕެއިން ގައުމީ ޓީމްގެ ދެވަނަ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ޗެލްސީ އަށް ބަދަލުވެއްޖެއެވެ.
ޗެލްސީއަށް ކުރިން ކުޅުނު އެ ޓީމްގެ ކީޕަރު ތިބޯ ކޯޓުވާ ނެތްތަން ފޫ ބެއްދުމަށް ޓަކައި ކެޕާ ޗެލްސީއިން ގެނެސްފައިވަނީ 71 މިލިއަން ޕައުންޑުގެ އަގަކަށް ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ދުނިޔޭގެ އެންމެ އަގު ބޮޑު ކީޕަރުގެ ގޮތުގައިއެވެ.
71 އުމުރުން 23 އަހަރުގެ ކެޕާ އެންމެ އަގު ބޮޑު ކީޕަރެއްގެ ގޮތުގައި ޗެލްސީއަށް ބަދަލުވެފައި ވާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ މަގާމުގައި މީގެކުރިން ހުރީ ރޯމާ ދޫކޮށްލުމަށްފަހު ލިވަޕޫލް އަށް ދާދިފަހުން 70 މިލިއަން ޕައުންޑައަށް ބަދަލުވި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާއެވެ.
ޗެލްސީއަށް ބަދަލުވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކެޕާ ބުނީ ޗެލްސީއަށް ބަދަލުވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި މި ނިންމަކީ އޭނާގެ ކެރިއަރަށް ވެސް ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
ކެޕާ ބުނީ ސަރީގެ ކޯޗު ކަމުގައި ބޮޑެތި ކުރިއެރުންތަށް ހޯދޭނެ ކަމަށް ގަބޫލު ކުރާކަމަށާއި އުންމީދަކީ ޗެލްސީ އާއި އެކު ގިނަ ކާމިޔާބީތަށް ހާސިލް ކުރަންކަމަށެވެ..
ސްޕެއިންގެ ގައުމީ ޓީމުގެ ދެ ނަމްބަރު ކީޕަރުގެ މަގާމުގައި ހުރި ކެޕާ ޕްރިމިއަ ލީގަށް ބަދަލުވެފައިވާއިރު އެނާ ގެންދަން ވަރުގަދަ ރިއަލްމެޑްރިޑް އިން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ކެޕާގެ އިތުރުން ރެއާލް އަށް ކުޅެމުން އަންނަ ކޮރައޭޝިޔާގެ ކޮވަސިޗް ވެސް ޗެލްސއެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ.