މަޝްހޫރު ފަންނާނުންގެ ކައިވެންޏަކީ ވަރަށް ހާއްސަ ސަމާލުކަމެއް ލިބޭ އަދި ގިނަ ބަޔަކު ބަލަން ބޭނުންވާ ކައިވެނި ތަކެކެވެ.
ނަމަވެސް ބައެއް ފަންނާނުންނާއި ތަރިން ވަރަށް ސިއްރުން ކައިވެނި ކޮށްހަދައެވެ. އަދި ބައެއް ފަންނާނުންގެ ކައިވެނީގެ ފޮޓޯތައްވެސް ފެންނަނީ ވަރަށް މަދުންނެވެ. މިގޮތުން ބަލާލާއިރު ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރްސިންގެ ކައިވެނި ވަރަށް ހާއްސައެވެ.
މިދެތަރީން ނިންމާފައި ވަނީ އެމީހުންގެ ކައިވެނި ވަރަށް ސިއްރު ކުރުމަށެވެ. މިގޮތުން ކައިވެނީގެ ހަފްލާއަށް ދައުވަތުދޭނީވެސް އާއިލާގެ މެމްބަރުންނާއި ވަރަށް ގާތް ރައްޓެހިންނަށެވެ.އަދި ކައިވެންޏަށް ފޯނު ނުގެނެވޭ ގޮތަށްވެސް ހަދަން މިދެތަރީން ވަނީ ނިންމާފައެވެ.ކައިވެނި ބޭއްވުމަށްވެސް ވަނީ ވަރަށް ހާއްސަ ތަނެއް މިހާރު ކަނޑައަޅާފައެވެ.
މިދެތަރީންގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގައެވެ.