ޕޯސްޓް އޮފީހުގައި 6000 ހާހެއްހާ ސިޓީ ފޮރުވައިގެން އުޅުނު ޕޯސްޓް ބަހާ މީހަކު ހޯދައިފިއެވެ.
މި ސިޓީތައް ފުރަތަމަ ފެނިފައިވަނީ ސްކޫލް ކުދީންތަކަކަށެވެ.މިކުދީންތައް ކުޅެން އުޅުމުގެ ތެރޭގައި ވަދެވުނީ ކުރީގެ ޕޯސްޓް އޮފީހަކަށެވެ.މި ޕޯސްޓް އޮފީހަކީ ބޭނުންނުކުރާތާ ވަރަށް ގިނަ އަހަރުވެފައިވާތަނެކެވެ.އާ ޕޯސްޓް އޮފީސް ހަދައިގެން އެހެންތަނަކަށް ބަދަލުކުރުމުން މިތަން ހުންނަނީ ބޭނުންނުކޮށް ފަޅުތަނެއްގެ ގޮތުގައެވެ.
އިންޑިއާގެ ހަބަރުތައް ބުނާގޮތުން މިކުދިންނަށް މިތަނުން އެތައް ބައިވަރު ބޮޑު ދަބަސްތައް ފެނިފައިވާއިރު މީގެތެރޭގައި ސިޓީތައް ތިއްބެވެ.
ހިންދުސްތާން ޓައިމްސް ނިއުސްޕޭޕާގައި ބުނާގޮތުން މިކަންކޮށްފައި ވަނީ އިންޑިއާގެ އޮރިއްސާ ސްޓޭޓްގެ އޮދަންގާ ވިލެޖްގެ ޕޯސްޓާ ހަވާލުވެގެންއުޅޭ މީހެއްކަމަށްވާ ޖަގަންނަތް ޕުހަން ނަމަކަށް ކިޔާ މީހެކެވެ.މީނާ މި ސިޓީއުރަތައް ނުބަހާ ގެންގުޅޭތާ 10 ވަރަކަށް އަހަރުވާނެއެވެ.މި ސިޓީއުރަތަކުގެ ތެރޭގައި 2004 ގެ ސިޓީއުރައެއްވެސް އޮތެވެ.އަދި ގިނަ އަހަރުތައް ވުމުގެ ސަބަބުން ގިނަ ސިޓީތައް ވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ޖަގަންނަތް ޕުހަން ކޯޓުގައި ބުނީ ސިޓީތައް ނުބެހުނީ އޭނާއަށް ރަނގަޅަށް ނުހިގޭތީ ކަމަށާއި އަދި ބަލިހާލަތު ހުރިގޮތުންކަމަށެވެ.މިހާރު މީނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.