ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އެގައުމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމުގައިވާ ޑިފެންޑަރު ޖެރާޑް ޕީކޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ
ސްޕެއިން ގައުމީ ޓީމާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ 31 އަހަރުގެ ޕީކޭ ބުނީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމާފައިވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށާއި މިވަގުތު ގައުމީ ޓީމްގައި މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށެވެ.
2009 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށި ޕީކޭ ވަނީ ގައުމީ ޖާރޒީގައި 109 މެޗު ކުޅެދީ ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕެއްގެ އިތުރުން ޔޫރޯއެއް ކާމިޔާބުކޮށްފައެވެ.
ޕީކޭ ބުނީ އާ ކޯޗު ލުއިސް އެންރީކޭ އާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ހުއްޓާލަން ނިންމާފައިވާކަން އެންރީކޭ އަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ޕީކޭ ބުނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވޯލްޑް ކަޕްއަށް ފަހު ވެސް ނިންމާފައިވާ ކަމަށާއި މިއީ އޭނާ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
ބާސެލޯނާގެ ޔޫތު ޓީމުން ކެރިއަރު ފެށި ޕީކޭ ވަނީ 2004 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ އެ ކުލަބްގައި މޮޅު ކުޅުމެއް ދައްކައި އަނެއްކާ ވެސް 2008 ވަނަ އަހަރު އަލުން އަނބުރާ ބާސެލޯނާއަށް ބަދަލުވެ އެ ކުލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.