English Edition
Dhivehi Edition
ކެޓީ ބަޑީގެ ހާދިސާގެ ކުރިން އަދި ސާޖަރީ ހެދުމަށްފަހު

އެމެރިކާގެ އަންހެނެއްކަމަށްވާ ކެޓީ، އުމުރުން އެންމެ 18 އަހަރުގައި އަމިއްލައަށް މަރުވާންމަސައްކަތް ކުރީ ދަތްދޮޅީގައި ބަޑި ޖެއްސުމަށްފަހު މޫނަށް ބަޑި ޖަހައިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކެޓީ އުމުރުން 18 އަހަރުގައި މާރޗް 2014 ވަނަ އަހަރު މަރުވާން މަސައްކަތް ކުރީ އޭނަގެ ބޭބެގެ ފާހާނާތެރޭގައެވެ. ކެޓީގެ ލޯބިވެރިޔާއާއި މައްސަލަތަކެއް ޖެހި މަރުވާން މަސައްކަތް ކޮށްފައި ވީނަމަވެސް އޭނަގެ ބޭބެ ވަނީ ބަޑި ޖެހި އަޑަށް ފާހާނާއަށް ވަދެ އޭނަ ހޮސްޕިޓަލަށްގެންގޮސްފައެވެ.

ކެޓީ ސާޖަރީގެ ކުރިން އަދި ސާޖަރީ އަށްފަހު

ކެޓީ އަށް ފަރުވާދިންޑޮކްޓަރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައި ވަނީ ބަޑި ޖެހުމުގެ ސަބަބުން ކެޓީގެ މޫނުގެ މެދުންފެށިގެން ބޮޑު ބައެއްވަނީ އެއްކޮށް ހަލާކުވެފައި ކަމަށެވެ. ދެލޮލާއި ނޭފަތް އަދި އަނގަވެސް އެއްކޮށް ހަލާކުވެފައި ވާކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެން ކަމުން އޭނައަށް ބޮޑު ސާޖަރީއެއް ބޭނުންވާނެ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ކެޓީގެ ސާޖަރީއަށް ޑޯނާއެއްގެ މޫނު ބޭނުންވާކަމަށް ޑޮކްޓަރުން އާއިލާ އަށް އެންގިއެވެ. އަދި އެދުވަހަކަށް އިންތިޒާރު ކުރަމުން ދަނިކޮށް އޯވަޑޯޒް ވެގެން މަރުވި އަންހެނެއްވަނީ ކެޓީގެ ޑޯނާއަކަށްވެފައެވެ. ކްލެވްލޭންޑްގެ ހޮސްޕިޓަލެއްގައި ކެޓީގެ ސާޖަރީ ހެދުމަށް 11 ޑޮކްޓަރުންގެ ޓީމަކުން ތައްޔާރު ވިއެވެ.

ކެޓީގެ ސާޖަޜީ ހެދުމުގައި ޑޮކްޓަރުން ހަރަކާތްތެރިވަނީ

4 މޭއި 2017 ވަނަ ދުވަހު އެގާރަ ޑޮކްޓަރުންގެ ޓީމަކުން ކެޓީގެ މޫނު ރީތި ކުރުމަށް ސާޖަރީ ފެށިއެވެ. އަދި 31 އެއްގަޑި އިރަށް ދެމިގެން ދިޔަ ސާޖަރީ ވަރަށް ކާމިޔާބެވެ. މިހާތަނަށް ދުނިޔޭގައި ކުރެވިފައި ވާ އެންމެ ދިގުސާޖަރީ އަކީ ވެސް ކެޓީގެ މޫނު ބަދަލު ކުރަން ހެދި ސާޖަރީ ކަމަށް މިހާރު ވަނީ ރިކޯޑްކުރެވިފައެވެ.

ކެޓީގެ މަންމަ އާއި ބައްޕަ އާއެކު

މޫނުބަދަލުކުރުމުގެ ބޮޑު 39 ސާޖަރީއެއް މިހާތަނަށް ކޮށްފައި ވާއިރު އެ ސާޖަރީ ކޮށްފައި ވާމީހުންގެ ލިސްޓްގައި 40 ވަނައަށް ހިމެނެނީ ކެޓީއެވެ. ކެޓީގެ އާއިލާއިން ބުނެފައި ވާގޮތުގައި މިދިޔަ އަހަރު ހެދި ސާޖަރީއަށްފަހު އޭނަގެ ހާލު ވަރަށް ބޮޑުތަން ރަނގަޅެވެ. އަދި މިހާރު ކެޓީ އުޅެނީ އާދައިގެ ދިރިއުޅުމެއްގައި ކަމަށްވެސް ކެޓީގެ އާއިލާއިން ބުނެފައި ވެއެވެ.

ޓެގު