އައްޑޫސިޓީގެ މީދޫގައި، އެމްޑީޕީ އަދި ޕީޕީއެމް އަށް ނިސްބަތްވާ ދެމީހެއްގެ މެދުގައި ޒުވާބުކޮށް ހިންގި މާރާމާރީ އެއްގައި އެކެއްގެ އަތް ބިންދައިގެން ހިނގައްޖެއެވެ.
ސ.މީދޫ ކެފޭއެއް ކަމަށްވާ ވިޝްޕޮއިންޓްގައި، ހިނގި މި މާރާމާރީގައި އަތްބިންދައިގެން ދިއުމުގެ ސަބަބުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދަނީ އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ ސ.މީދޫ ލަކޯސްޓާ އަބްދުއްﷲ ދީދީއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އާދީއްތަދުވަހުގެ ރޭގެ 9:30 ހާއިރު އަބްދުއްﷲ ދީދީ އާ މާރާމާރީ ހިނގާފައިވަނީ ޕީޕީއެމް ގެ އިސް ސަޕޯޓަރެކެވެ.
މާރާމަރީގައި އަނިޔާލިބުނު އަބްދުﷲ ދީދީ “އޭއޯ ނިއުސް” އަށް މައުލޫމާތު ދިންގޮތުގައި އޭނާސައި ބޯން ވިޝް ޕޮއިންޓްގައި ހުއްޓާ ޕީޕީއެމްގެ ސަޕޯޓަރު އައިސް ސުވާލުތަކެއް ކުރަން ފެށިކަމަށެވެ.
” ޑޮކްޓަރ ޑީޑީ އަށް އަސްލު ކިހިނެތްވީ؟ ” މިހެން ދެތިން ފަހަރަކު އޭނާ ސުވާލުކުރި. އަހަރެން ދެން އެއްފަރު ޖަވާބު ދިނިން އަނެއްފަހަރު އަހަރެން ރުޅިއައިސްގެން ބަހެއްބުނެލީ، އެހާހިސާބުން އަހަރެއް ކޮއްޕާ ވައްޓާލީ ދެން ކޮއްޅަށް ތެދުވީމަ އަނެއްކާ ކޮއްޕާ ވައްޓާލީމަ ވައަތް ވިދުނީ ބިންމަތީގަ” އަބްދުﷲ ދީދީ ބުންޏެވެ.
މިމާރާމާރީގައި އަބްދުﷲ ދީދީ ގެ ވައަތުގެ ކުޑަހުޅު ކައިރިން އެއްކަށިގަނޑުވަނީ ބިނދިފައެވެ. މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށް އޭނާގެ އަތުގެ އޮޕަރޭޝަނެއް ކުރަންވަނީ ހަމަޖެހިފައެވެ.
މިހާދިސާހިނގުމާ އެކު ފުލުހުން ވަނީ އެސަރަހައްދުގައިހަރަކާތްތެރިވެފައެވެ. ނަމަވެސް މާރާމާރީގައި އެއްވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމެއް ސާފު ނުވެއެވެ.