މިހާރު ކުރިއަށް ގެންދާ ތަރައްގީގެ އެއްވެސް މަޝްރޫއެއް، ނުހުއްޓުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ
ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ކޯލިޝަންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައި، ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ
މީގެ އިތުރުން އިބޫ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަންކަން، އެއްބަސްވުމަށް ބަދަލު ގެނެސްގެން އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިސްލާހުކޮށް ކުރިއަށް ގެންދާނޭކަމަށާއި އަދި ބޭރުގެ ފަރާތްތަކުން ހިންގާ މަޝްރޫއެއް ވިޔަސް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރާ މަޝްރޫއެއް ނަމަވެސް ތަރައްގީގެ މަޝްރޫއެއް ހުއްޓާ ނުލާނެކަމަށް އިބޫވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ