English Edition
Dhivehi Edition

އުމުރުން 16 އަހަރުގެ ޖޯޑަން 60 ފޫޓްމަތިން ބްރިޖަކުން ކޮއްޕާ ކޯރަކަށް ވައްޓާލީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ސްމިތްއެވެ.

މިހާރު އިންޓަނެޓްގައި ވައިރަލް ވެފައިވާ އެ ވީޑިއޯގައި ފެންނަނަނީ ޖޯޑަން އާއި އޭނަގެ އެކުވެރިންތަކެއް މަޖާކުރަމުން ދިޔަމަންޒަރެވެ. އެމީހުން ބްރިޖެއްގެ މައްޗަށް ގޮސް ނަގާފައިވާ ވީޑިއޯގައި ޖޯޑަންގެ އެކުވެރިޔާ ސްމިތް އޭނަކައިރީ ފުންމާލަން ބުނާ އަޑު އިވެއެވެ. އަދި ޖޯޑަން އެކަމަށް އިންކާރު ކުރަމުން ދިޔަ މަންޒްރުވެސް ފެނެއެވެ. ދެން ފެންނަނީ ކުއްލިއަކަށް ސްމިތް ޖޯޑަން ކޮއްޕާ ވައްޓާލާތަނެވެ.

މިހާދިސާގައި ޖޯޑަން ވެއްޓި ކޯރުގައި ޖެހުމުން އޭނަގެ މޭކަށިގަނޑުން 5 ކަށި ބިންދައިގެން ދިޔުމުގެ އިތުރުން ފުއްޕާމޭގެ ބައެއްވަނީފަޅައިގެން ގޮސް ހަލާކުވެފައެވެ. އަދި ފައިގެ ފަލަމަސްގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ޖޯޑަންގެ މަންމަ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފަައިވެއެވެ.

ސްމިތް ޖޯޑަން ކޮއްޕާ ވައްޓާލާ މަންޒަރު

ޖޯޑަން ވެއްޓުމާއެކު ރަހުމަތްތެރިން ވަނީ އޭނަ ކޯރުން ނަގާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ގެއަށް ބަދަލު ކޮށްފައި ވީނަމަވެސް ޖޯޑަންގެ މަންމަ ބުނެފައިވަނީ، ހޮސްޕިޓަލުން ފޮނުވާލިދުވަހުގެ އަނެއް ދުވަހު އޭނާ ހޭލީ ރޮމުން ކަމަށެވެ. އަދި ބިރުގަންނަކަމަށާއި މޭގައި ރިއްސާ ނޭވާލާން އުނދަގޫ ވާކަމަށް ޖޯޑަން ވަނީ މަންމަގާތު ބުނެފައެވެ.

ޖޯޑަންގެ އެކުވެރިޔާ ސްމިތް 16 އ

ޖޯޑަންގެ ދައްތަ ބުނެފައިވަނީ ކޮއްޕާ ވައްޓާލި އެކުވެރިޔާ ކިބައިން ބަދަލު ހިފުމަށް ޖޯޑަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ޖޯޑަންގެ އާއިލާއިންނާއި ބައެއް އެކުވެރިން ބުނަމުންދަނީ ސްމިތަކީ އެކުވެރިއެއް ނޫންކަމަށާއި އޭނައަކީ ކުށްވެރިއެއް ކަމަށެވެ. އަދި އެމީހުން ބުނެފައިވަނީ މިހާތަނަށް ސްމިތް ޖޯޑަން އަށް ގޮވާލަން ގެއަށް ނައައިސް ހަމަ އެކަނި މެސެޖަކުން މައާފަށް އެދިފައި ބޭރުތެރޭގައި މަޖާކުރަމުން ދާދިއުން މުންވެސް އޭނަ އަކީ ރަނގަޅު އެކުވެރިއެއް ކަމަށް ގަބޫލްކުރަން ދަތިކަމަށެވެ.

މިހާދިސާ އަށްފަހު ޖޯޑަން ބުނެފައިވަނީ އޭނާ ކޮއްޕާ ވައްޓާލި ވަގުތު މަރުވިނަމަ މިއަށްވުރެ ރަނގަޅުވީސްކަމަށެވެ. ޖޯޑަން މިހެން ބުނެފައިވާ އިރު ސްމިތް ވަނީ އޭނަގެ ބައެއް އެކުވެރިން ކައިރީ ހިނގާދިޔަ ހާދިސާއާމެދު ދެރަވެ ހިތާމަ ނުކުރާ ކަމަށާއި ޖޯޑަންއަށް ކޮންމެ ކަމެއްވިޔަސް ވަރިހަމަ ކަމަށްބުނެފައެވެ.

ހޮސްޕިޓަލުން ދޫކޮށްފައި ވީނަމަވެސް އެއްކޮށް ޖޯޑަންގެ ސިއްހީހާލަތު ރަނގަޅު ވެފައި ނުވާކަމަށް އޭނަގެ އާއިލާއިން ދަނީ ބުނަމުންނެވެ .

ޖޯޑަން އެއްކޮށް ރަނގަޅުވަންދެން ފަރުވާ ހޯދުމަށް މިހާރު އޭނަގެ އެކުވެރިން ދަނީބޭސްފަރުވާ އަށް ފަންޑު ހޯދަމުންނެވެ.