English Edition
Dhivehi Edition

ގއ.ގެމަނަފުށީގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި އުމުރުން 34 އަހަރުގެ ބިދޭސީ މީހަކު ކަރަންޓްގައި ޖެހިގެން ނިޔާވެއްޖެއެވެ

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ކަރަންޓްގައި ޖެހިގެން 34 އަހަރުގެ ބަންގްލަދޭޝް މީހަކު ނިޔާވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި ނިޔާވި މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ ނިޔާވެފައި ވަނީ އެންދަމަން ދިއްލާފައި ހުރި ލައިޓުގައި ހިފަހައްޓައިގެން ހުއްޓާ ކަރަންޓްގައި ޖެހިގެންނެވެ. ބިދޭސީ މީހާ ކަރަންޓްގައި ޖެހުމާއެކު އޭނާ ސަލާމަތްކުރަން މަސައްކަތް ކުރި އިތުރު މީހަކަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހާއަށް މިހާރު ގެމަނަފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ރަގަޅުކަމަށްވަނީ މައުލޫމާތު ލިބިފައެވެ