English Edition
Dhivehi Edition

އިދިކޮޅު ކޯލިޝަނުން ވަމުން އަންނަ ވައުދުތަކަކީ ފުއްދޭނެ ވައުދުތަކެއް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ

ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ހިއްސާދޭނެ ކަމުގެ ވައުދު ނުވާނެކަމަށާއި އެހެން ނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާނެކަމުގެ ވައުދުކަމަށެވެ

މީގެ އިތުރުން ފައިސަލް ވިދާޅުވީ އެ ބޭފުޅުން ވަމުންދާ ވައުދުތަކަކީ މުޅި ރާއްޖެ އަށް ގެސްޓް ހައުސްގެ ވިޔަފާރި ފެތުރާނެކަމުގެ ވައުދުކަމަށެވެ. އަދި ބޯހިޔާވަހިކަން އެންމެނަށް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ވައުދު ކަމަށެވެ