އަދި އެމަނިކުފާނުގެ އަމާޒަކަށްވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ވަފާ ތެރިވެ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިހުލާސްތެރިކަމާއެކު ހިދުމަތް ދިނުމަށް ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެސެޖް ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއިއެކު ގައުމު މިއަދު އަނެއްކާވެސް އަލިވިލިގެން މި ދަނީ ރާއްޖޭގެ ދުސްތޫރީ ތާރީހުން މުޅިން އާ ދައުރަކަށް ކަމަށާއި މިއަދު މި ފެށޭ ރިޔާސީ އާ ދައުރަކީ ދިވެހި އުއްމަތަށް ހުރިހާ ގޮތަކުންވެސް ތަރައްގީ އާއި ކުރިއެރުން ގެނެސްދޭނެ ދައުރަކަށް ވާނެ ކަމުގައި އުއްމީދު ކުރައްވަވާ ކަމަށެވެ.