English Edition
Dhivehi Edition

އިބޫ ވެރިކަމަށް ވަޑައިގެންފިނަމަ، ބޯކިބާ ބަހާހެން، އެކި ޕާޓީތަކަށް ބައި އަޅަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ.

ކާނަލް ނަޝީދު މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓަށް ފާޑު ވިދާޅުވަމުންނެވެ

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށްވެސް މި ޖަލްސާގައި ކާނަލް ވިދާޅުވިއެވެ

އިބޫ އަށް ފަސް އަހަރުގެ ދައުރެއް ލިބިވަޑައިނުގަތުމަކީ މައްސަލައެއް ކަމަށާއި ދޮޅު އަހަރު ފަހުން ހޭދަކުރަން ޖެހޭ ހޭދަ ބޮޑުކަމުގައި ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ދޮޅު އަހަރު ފަހުން އިންތިހާބު ބާއްވަން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭތި އިބޫ އަށް އާއެކޭ ބުނެވޭކަށް ނެތް ކަމުގައެވެ .

.އަދި ރައީސުލްޖުމްހޫރިއްޔާއަކު، ހޮވަނީ ދޮޅު އަހަރަށް ސަދަގާތް ކުރާކަށް ނޫންކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ހުޅުމާލޭގައި ބޭއްވި މި ޖަލްސާގައި ނަޝީދުގެ ފާޑުކިޔުން އަމާޒު ކުރެވިފައިވަނީ އެމްޑީޕީގެ މެނިފެސްޓޯ އަށެވެ.

އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމަނާފައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކެއް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ.

ނަމަވެސް ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދުއިއްތިހާދުގެ ބައެއް އިސްވެރިންގެ ހިޔާލުވެސް ތަފާތެވެ،.

 

.