އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނާޒިލް ގެ ކޮއްކޮ ނަސްލު އަބްދުﷲ އެމްޑީޕީ ދޫކޮށް ޕީޕީއެމަށް މިއަދު ސޮއިކޮއްފިއެވެ.
އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވަވާ މެމްބަރު ނާޒިލް އާއެކު މީގެ ކުރިން ނަސްލު ވަނީ ޕާޓީގައި ކުރިއެރުވުމަށް އިސްކޮށް މަސައްކަތް ކޮށްފައެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ މަރަދޫ-ފޭދޫއާއި މަރަދޫއަށް އަދި ހިތަދޫއަށް ވަޑައިގެންފައިވާއިރު، އެ ހުރިހާ ރަށަކުންވެސް ޕީޕީއެމާއި ގުޅުމު ފަރާތްތަކުގެ ފޯމާއި އެމަނިކުފާނު ވަނީ ހަވާލުވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީއަށް ނިސްބަތް ވާ ގިނަ ބަޔަކު ޕީޕީއެމަށް ސޮއިކުރަމުން ދާއިރު، މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް (މަވޯޓާ) ގެ އާއިލާގެ މެމްބަރުން ތަކެއް ވެސް އިއްޔެ ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ. މަވޯޓާ ޝަރީފްގެ މަންމަ އާއި އާއިލާ މެންބަރުން ޕީޕީއެމްއަށް ސޮއި ކުރި އިރު ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގަޔާއި މީސް މީޑިއާ ގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދިފާއުގައި އެންމެ ވަރުގަދައަށް ވާހަކަދައްކަވާ އެއް މެންބަރެވެ.
އާދީއްތަ ދުވަހު، ރައީސް ޔާމީން އައްޑޫސިޓީ އަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައިވާއިރު، މިދަތުރު ފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށްރަށުގައި އޮތް ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ