English Edition
Dhivehi Edition

ޗެލްސީއަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޗީ ބަޓްޝުއާއީ ސްޕެނިޝް ލީގުގެ ވެލެންސިޔާ އަށް އެއް އަހަރު ދުވަހުގެ ލޯނު އެއްބަސް ވުމުގެ ދަށުން ބަދަލުވެއްޖެއެވެ.

ވެލެންސިޔާއިން އެއް އަހަރުގެ މުއްދަތަށް ބަޓްޝުއާއީ އެ ކުލަބްއަށް ގެންގޮސްފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަންގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ވެސް ލޯނެއްގެ ދަށުން ކުޅެފައެވެ.

ބަޓްޝުއާއީ ވަނީ ޑޯޓްމަންޑްއަށް ބަދަލުވެ އެ ކުލަބްއަށް ކުޅެދިން 14 މެޗުގައި ނުވަ ގޯލު ކާމިޔާބުކޮށްދީ މޮޅު ކުޅުމެއްދައްކާފައެވެ. މިއާއި އެކު މިސީޒަންގައި ބަޓްޝުއާއީގެ ބޭނުން ވަރަށް ބޮޑަށް ޗެލްސީއިން ހިފާނެ ކަމަށް ބެލެވުނު ނަމަވެސް އެ ކުލަބުން ވަނީ މި ސީޒަންގައި ކުލަބްގެ ހެޑް ކޯޗުގެ މަގާމާއި ހަވާލުވި ނަޕޯލީގެ ކުރީގެ ކޯޗު މައުރިޒިއޯ ސަރީގެ ޕްލޭންގައި އޭނާ ނުހިމެނޭނެކަމަށް ބުނެފައެވެ.

ބަޓްޝުއާއީ ޗެލްސީ އަށް ބަދަލުވީ 2016 ވަނަ އަހަރު 40 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދުލުވި 24 އަހަރުގެ ބަޓްޝުއާއީ އަށް ވަނީ މިޝީޒަންގައި ގިނަ ކުލަބް ތަކުން އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޗެލްސީ ނެރުނު ބަޔާނެއްގައި ބުފައިވަނީ ބަޓްޝުއާއީ ޑިފެންޑަރު ކާޓް ޒޫމާއަށް މިއަންނަ ސީޒަންގައި ފެނިގެންދާނީ އެހެން ކުލަބްތަކަކުން ކަމަށާއި މި ގޮތުން އެވަޓަން އާއި އެކު ކާޓް ޒޫމާ ލޯނު އެއްބަސް ވުމުގެ ދަށުން މަސައްކަތް ކުރަން ހަމަ ޖެހިފައިވާއިރު ބަޓްޝުއާއި ވެލެންސިޔާއަށް އެއް އަހަރު ދުވަހުގެ މިއްދަތަށް ފޮނުވާލިކަން ވެސް އިއުލާންކޮށްފައެވެ.