ރައީސް ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލުކުރައްވަންދެން އެއްވެސް މީހަކު ވޯޓުލާ މައިދާން ދޫކޮށްފައި ނުދިއުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ގޮވާލައިފިއެވެ
ވޯޓޫގެ މައިދާން ދޫކޮށްފައި ނުދިއުމަށް ޢަލީ ނިޔާޒު ގޮވާލާފައިވަނީ ގުޅިފައިވާ ޕާޓީތަކުން ޅ. ކުރެންދޫގައި ހުކުރުދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ
“ވޯޓުލާ ނިމުމަށްފަހު ރައީސް ޔާމީން ޓީވީ ކުރިމައްޗަށް އަރުއްވައި ތިމަންނާ ބަލި ގަބޫލު ކުރައްވައިފީމޭ ވިދާޅުވުންނޫން ގޮތަކަށް ތިޔަބޭފުޅުން ވޯޓުލާ މަރުކަޒުތައް ދޫކުރައްވައިގެންނުވާނެ” އަލީ ނިޔާޒު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ފަސޭހައިން ބަލި ގަބޫލުކުރައްވާނެ ބޭފުޅެއްނޫން ކަމަށާއި އެކިގޮތްގޮތަށް ކާމިޔާބު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ
އެހެންކަމުން ވޯޓުފޮށި ރަނގަޅަށް ބެލެހެއްޓިގެން ނޫނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި މަކަރުވެރިކަމުން ސަލާމަތްވާނެ ކަމަށް ބެލެވޭކަށްނެތް ކަމަށާއި ނަތީޖާއިން އިއްތިހާދުގެ ކެންޑިޑޭޓު މޮޅުވި ކަމަށްވެސް ދެއްކިއަސް އަދި އެހާ ހިސާބުން ވެސް މައިދާން ދޫކޮށްލައިގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ
ރިޔާސީީ އިންތިޚާބު ކައިރިވަމުންދާ ވަރަކަށް ރިޔާސީ ކެމްޕެއިންގެ ފޯރިދަނީ އިތުރުވަުންނެވެ. އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ފަރާތުންވެސް އިދިކޮޅު ކެންޑިޑޭޓަށްފާޑު ވިދާޅުވުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.